ފުއްސަވާ އަދި ދިންނަވާ ނިޢުމަތުގެ މާތްވީ މައްސަރޭ
ރުއްސަވާ ދީނަށް ޙަގީގީ ނަޞްރު ދެއްވެވި މައްސަރޭ
****
މާތް ނަބިއްޔާއަށް ޝަރަފުވެރި ލަގަބު ދެއްވާ ޙަޟްރަތުން
މާތް ކަލާމު ﷲ ބާވާ ލެއްވި މަތިވެރި މައްސަރޭ
ބަދުރު ޣަޒުވަތުގައި އިލާހީ ވަޢުދުފުޅު މުޅި އުންމަތަށް
ތެދު ކަމުގެ މަތިވެރި ޙަގީގަތް ހާމަވީ މާތް މައްސަރޭ
މާތްވި މައްކާ ފަތަޙަކޮށް ދެއްވާ ރަސޫލާ ޙިކުމަތުން
މާތްވި ކަޢުބާ ބުދުތަކުން ޠާހިރު ކުރެއްވެވި މައްސަރޭ
އެމަހުގައި ހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ އެއް ރެއެއް
ހަމަ ޔަގީނުން ލައްވަވާފައިވާ އިތުރު ހެޔޮ މައްސަރޭ