Support Us

ޑީ.އެން.އޭގެ ވީޑިއޯ ބަޔާނުގައި އުމަރު ނަސީރު ވާހަކަ ދައްކަވަނީ -ފޮޓޯ: ޑީ.އެން.އޭ

ވޯޓް ދޭންވީ ތިލަފަތަކަށް، ރުކަކަށް، ދޮލަނގަކަށް ނޫން. އެންމެ ޤާބިލް މީހާއަށް: އުމަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭންވީ ތިލަފަތަކަށް، ރުކަކަށް، ދޮލަނގަކަށް ނޫން ކަމަށާއި ވޯޓު ދޭންވީ އެންމެ ޤާބިލް، އެންމެ ހިންގުންތެރި މީހާއަށް ކަމުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) ގެ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޑީ.އެން.އޭގެ ވީޑިއޯ ބަޔާނެއްގައި އުމަރު މިއަދު ވިދާޅުވީ ދިވެހިރާއްޖެއަށް ލޯކަލް ކައުންސިލުގެ ނިޒާމު އައިއްސުރެ މިއަދާ ހަމަޔައް ދިވެހީންގެ ތެރެއިން ގިނަ މީހުން ވޯޓް ދެނީ ޕާޓީ ބުނާގޮތަށް ކަމަށާއި ޕާޓީ ދައްކަނީ ކާކުތޯއެއް ނުބަލާ ކަމަށެވެ.

"މިހެންވުމުގެ ސަބަބުން ނަތީޖާއަކަށްވީ ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ވަރަށް ނާގާބިލް މީހުން އައުން. ހިންގުންތެރިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހުން އައުން. އޭގެ ނަތީޖާއަކަށްވީ ރަށުގެ ކުރިއެރުންތައް ހުއްޓި އެތައް ތަނެއް ފަހަތަށް ދިއުން. މިފަހަރު ޑީ.އެން.އޭއިން އަޅުގަނޑުމެން މި ގޮވާލަނީ މިފަހަރު ވޯޓް ދެއްވަން ވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަނގަކަށް ނޫން. މިފަހަރު ވޯޓް ދެއްވަންވާނީ ޤައުމަށް. އެންމެ ޤާބިލް މީހާއަށް. އެންމެ ހިންގުންތެރި މީހާއަށް. އެންމެ ފަސްބައި ސާފު މީހާއަށް. އެންމެ ރަނގަޅަށް ކިޔަވައިގެން ހުރި މީހާއަށް. އެއީ ރަށުގެ ހިންގުންތެރިކަމުގެ މަށްޗަށް ބިނާވެގެން ނޫނީ ރަށުގެ ކުރިއެރުމެއް ނޯންނާނެ."

އުމަރު ވިދާޅުވީ ޕާޓީ ބުނާގޮތަށް ރަށް ދަތުރުކޮށްގެން ލިބުނު އެއްވެސް ފައިދާއެއް "މިވީހާ ތަނަށް އަޅުގަނޑަކަށް ފެންނާކަށް ނެތް" ކަމަށެވެ.

"ރަށް ބައިބައިވެ، ރަށުގެ ދެބައިމީހުން ދެކޮޅަށް ދެ ދިދަ ނަގައިގެން ދުވާލު ބާރަށް ލަވަޖަހާފަ ރޭގަނޑު ކަޅުތެޔޮޖެހުން ނޫން ކަމެއް މިހާ ހިސާބަކަށް ވެފައެއް ނެތް."

އުމަރު ވިދާޅުވީ ލޯކަލް ކައުންސިލްގެ ނިޒާމަކީ އަދި ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭ ނިޒާމެއް ކަމަށެވެ.

"ސަރުކާރުން އެބަބުނޭ ކައުންސިލް ތަކަށް ބާރުދިނީއޭ. އެއްވެސް ބާރެއް ނުދޭ ހަގީގަތުގައި އިނގޭތޯ. މީގެ ކުރީ ސަރުކާރުތަކުންވެސް ހަމަ ދީފަ ހުރި ބާރު ހަމަ ދިނީ. ކޮން ރަށަކަށްތޯ ދިނީ ގޯތި ދޫކުރުމުގެ ބާރު؟ ނުލިބޭ އެއްވެސް ބަޔަކަށް. އަދިވެސް އޮތީ ހަމަ ހައުސިން މިނިސްޓްރީގައި. ގާތްގަނޑަކަށް ހަމަ ހުރިހާ ބާރެއްވެސް ހުރީ ހައުސިން މިނިސްޓްރީއަށް ޖަމާކޮށްފައި. އިންތިހާބު ކައިރިވީމަ އެމް.ޑީ.ޕީން ވަރަށް ގިނަ ވާހަކަ ދައްކާ ބާރުތައް ދޫކުރީއޭ. ދުލެއް ނުކުރޭ ހަގީގަތުގައި ބާރުތަކެއް."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. Mizamaanugai vote laan fonuvanee tents thakun. Foshi kairin libey karudhaas tent ah. Tent in faahagalaafa dhey karudhaas fottah! Mivess ujoora libey masakkatheh kamah belevey.

  2. ޕާޓީގެ މީހެއްނޫން މީހަކަށް ދައުލަތަކުން ރަށަަކަށް ކޮށްދޭނެ ކަމެއް ނޯންނާނެ ކަލޯ! ދައުލަތެއް ގެންނަން ޕާޓީ އަށް ވޯޓްދެނީ. އެންމެ ގާބިލް މީހާ އަށް ވޯޓްދީގެން ސިޔާސީ ޒަމާނެއްގައި ދައުލަތުގެ ބަޖެޓުން ލިބޭނީ މުސާރަކޮޅު އެކަނި ކަލޯ!

  3. މިއަދު މި ސަރުކާރަށް ތާއީދު ކުރާ ނަމަ، ހަރުވެފައި އޮތް ތިލަފަތަށް ވޯޓު ދޭންވީ. ގައުމު ދާ މިޞްރާބު ކަމު ނުދާނަމަ، އަދި ޤައުމުގެ މުސްތަޤުބަލު ސަލާމަތުގެ އައްސޭރިއަށް ގެންދާން ބޭނުން ނަމަ ވޯޓު ދޭންވީ ރުކަށް. ޢާންމު މީހާއަށް ޤާބިލީ ކާކު ކަމެއް ނޭނގޭނެ. ގިނަ މީހުން ތައާރަފުވަނީ އިންތިޚާބުތަކުގައި. އެ މީހުންގެ ވަނަވަރާއި މަސައްކަތުގެ ތަޖުރިބާ ހާމަނުކޮށް ކިހިނެއްތޯ އެންމެންގެ ގާޞިތުކަން އާންމުން ވަޒަންކުރާނީ. މިސާލަކަށް މާލޭ ސިޓީގެ މޭޔަރަކަށް ކުރިމަތިލައިފައި ތިބި މީހުންގެ ތެރެއިން ތިކަން ފާހަގަ ވެދާނެ. އެކަމަކު ހުރިހާ ރަށެއްގައި ނޭނގޭނެ. މާލޭ ސިޓީ ކައުންސިލްގައި ވެސް މެންބަރުކަމަށް ވާދަކުރާ މީހުންގެ ގަބިލުކަމެއް ނޭނގޭނެ. ޕާޓީއަށް އިތުބާޜުކޮށފައި ޕާޓީއަށް ވޯޓުދެނީ. މި ދިޔަ މާޒީގެ ތަޖުރިބާއަށް ބަލައި ކޮން ޕާޓީއަކަށްތޯ ވޯޓު ދޭނީ ވިސްނާނީ ރައްޔިތުން. ނަމަވެސް އުމަރު އެ ވިދާޅުވީ ޕާޓީ ނިޒާމާ ގުޅޭ ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެންމެންނަށް އެންމެންގެ ފެންވަރު އެނގޭ ނަމަ އެހެންވެދާނެ. އަނެއްކޮޅުން މި ދިޔަ ރިޔާސީ ނިޒާމުގައި ޔާމީންާއި ޑރ. ޝަހީމްގެ ނަންތައް ދޫކޮށް އިބޫ އާއި ފައިސަލްގެ ނަން ޚިޔާރުކުރެއްވީ ތަޢުލީމީ ފެންވަރަށް ބައްލަވައިފައިތޯ އަޅުގަނޑު ސުވާޅުކޮށްލާން ބޭނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *