އަލި ރަސްގެފާނުގެ ހިތްވަރާ އެ ޖިހާދުގައިވާ އަސަރަކީ
އަލިކަން މި ދީބަށް ފެތުރުމަށް އަބަދަށް ދިރޭނޭ ރޫޙަކީ
ދެއްކެވި ނަމޫނާ އުންމަތަށް ޖެހިލުންވުމެއްނެތި ފައުޖަކަށް
ހެއްކެއްކަމަށް އަލިގަދަ ވިޔޭ އެ ރަދުންގެ މަތިވެރި ޢަޒުމަކީ
ތަޚުތާއި ތާޖުގެ ޢިއްޒަތާ ގުރުބާން ކުރެއްވީ ލައްޒަތާ
ފަޚުރުލްވަޠަންގެ ޙިމާޔަތަށް އޮތް ލޯބިކަން އޭ ސިއްރަކީ
ތުއްޕުޅު އެ ދަރިިކަނބަލުންނަށާ ލޮބުވެތިވި އަނބިކަނބަލުންނަށާ
ދެއްވެވި ނަސޭހަތްޕުޅު އެއީ އުފުލަން ޖެހޭނެ ޝިޢާރަކީ
ބައިބޯ އެ ދުޝްމިނު ލަޝްކަރާ ކުރިމަތިލަމުން ހެޔޮ ނިޔަތުގައި
ހައިކޮށްނުލައި ދިން ޙަމަލަ އޭ ޙުއްބުލްވަޠަންގެ މިސާލަކީ
މި ވެލީ ލެއިން ނަންފުޅުފަވާ ހިނިތުންވަމުން އެ ވަޑައިގަތުން
މި ވެށީން އަބަދު އާލާ ކުރާ މަތިވެރި މިއީ ޒިކުރާޔަކީ
އެ ރަދުންގެ މަތިވެރިވީ ނިދާ މި ބިމުން މިހިރަގެން ގުގުމަނީ
އެ ރަދުން ފަދައިން އަދު ދިރިތިބީން ތެދުވާށެ މީ އެ ނިދާއަކީ
ކިހިނެއް އެ ގުރުބާނަށް އަގެއް،ބަދަލެއް ދެވޭނީ މުދަލަކުން
ސިހިގެން ފަހަށް މިއަދުގެ ދަރީން ނުޖެހުން ދެވެން އޮތް ބަދަލަކީ
