Support Us

ބައިނަލްއަޤްވާމީ އުދުހުންތަކަށް މި މަހު 17 ގައި ސައޫދީން ހުޅުވައިލަނީ

ކޮރޯނާވައިރަހުގެ ސަބަބުން ކުރީން ހުއްޓުވައިފައި އޮތް ވައިގެ ދަތުރުފަތުރު، މި މަހު 17 އިން ފެށިގެން ހުޅުވައިލާނެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އާންމު އިދާރާއިން އިޢުލާނުކޮށްފިއެވެ.

ވައިގެ ދަތުރުފަތުރުތައް އަލުން ހުޅުވައިލާން އޮތީ މާރިޗު 31ގައި ކަމަށް މި ދިޔަ ޖަނަވަރީގައި ކަނޑައަޅައިފައި ވިޔަސް މި ތާރީޚު އަވަސްކޮށް މި މަހު 17 ގައި ޢާންމު އުދުހުންތަކަށް ހުޅުވައިލާނެ ކަމަށް ކަނޑައަޅައިފައިވަނީ ވައިދަތުރުފަތުރާބެހޭ ޢާންމު އިދާރާއިން ޢާންމުކޮށް އެ ގައުމުގެ ވައިގެ ބަނދަރުތަކަށް ފޮނުވި ސާކިޔުލަރެއްގައެވެ.

އެ އިދާރާއިން ބަޔާންކުރާ ގޮތުގައި އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ދަތުރުތަކަށް މޭ މަހު 17ން ފެށިގެން ހުޅުވައިލި ކަމަށް ވިޔަސް ކޮރޯނާ ޢާލަމީވަބާގެ ޙާލަތު ރަނގަޅުނުވެ އެ ޙާލަތު ދެމި އޮތް ޤައުމުތަކަށް އުދުހުން އަދި ހުއްދައެއް ނުކުރާނެއެވެ.

އަނެއްކޮޅުން ކޮވިޑާ ގުޅިގެން ދިގު މުއަދަތަކަށް ހުއްޓިފައި އޮތް ސަރަހައްދީ އުދުހުންތަކުގެ ދިމަދިމާއަށް ކުރެވޭ ދަތުރުތަކަށްވުރެ އެތެރޭގެ އުދުހުންތަކުގެ ޙާލަތު ވަރަށް އަވަހަށް ރަނގަޅުވަމުން އަންނާނެކަމަށް ސައޫދީން ދެކެއެވެ.

އެތެރޭގެ އުދުހުންތައް އެހައި ބޮޑަށް ކުރިއަރައިފައި ނެތުމުގެ ސަބަބުން ބައިނަލްއަޤުވާމީ ދަތުރުފަތުރު ލަސްވުމުގެ ސަބަބުން މެދުއިރުމަތީގެ އުދުހުންތަކަށް އޮތީ ވަރަށް ބޮޑު ހުރަސްތަކަކާ ކުރިމަތިވެފައެވެ.

އެތެރޭގެ އުދުހުންތަކުގެ ޙާލަތު ރަނގަޅުވާން ފަށައިފައިވާ ކަމުގެ ފަހި ނިޝާންތައް އެންމެ ކުޑަމިނުން މިހާރު ވެސް ފެންނާން ފަށައިފައިވާ ކަމަށް ވައިގެ ދަތުރުފަތުރާ ބެހޭ މުޙައްލިލުން ބަޔާންކުރެއެވެ.

ސަޢުދީ އިދާރާތަކުން ބަޔާންކުރާ ގޮތުގައި، އެތެރޭގެ އުދުހުންތައް މިހާރުވެސް ހަފުތާއެއްގެ ތެރޭގައި ތިންހާހަށް އިތުރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އެހެންނަމަވެސް "ކޮވިޑް"ގެ ކުރީން ވައިގެ ދަތުރުފަތުރުތައް ހުއްޓައިލިއިރު އޮތް ޙާލަތާ މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހާ އަޅައި ބަލާއިރު ހަފުތާއެއްގެ ދަތުރުގެ ކުރިއެރުން އަދި އުޅެނީ އެ މުއްދަތުގެ ނިސްބަތުން އެންމެ ތޭވީސް އިންސައްތައިގައެވެ.

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ސައޫދީ ޢަރަބިޔާ ހިމެނެނީ ކޮވިޑްގެ ޙާލަތު ގޯސްވި ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް އެ ޙާލަތު ރަނގަޅުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *