Support Us

މޫސުން ބަދަލުވާ ފައްތަރުގައި ގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމުގެ އިންޒާރު ދީފި

އިރުވައި މޫސުން ބަދަލުވުމުގެ ފިޔަވަހި، މި މަހު 16 އިން ފެށިގެން މޭމަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާއިރު، ބާރަށް ގުގުރުމާއި ބޯވާރޭއާއި ގަދަވައި، ކުރުމުއްދަތަކަށް – ޚާއްޞަކޮށް ހަވީރުގެ ވަގުތުގައި، ތަޖުރިބާ ކުރާންޖެހޭނެކަމުގެ އިންޒާރު މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ދީފިއެވެ.

"މެޓްމެލޭޝިއާ"ގެ ޑިރެކްޓަރ ޖެނެރަލް ޖައިލާން ސިމަން ވިދާޅުވި ގޮތުގައި މޫސުމުގެ މި ޙާލަތު މެދުވެރިވާނީ އެންމެ ހުޅަނގު އައްސޭރީގެ ސްޓޭޓްތަކަށާއި މައި ބިމުގެ އެތެރޭގެ ސަރަހައްދުތަކަށާއި ސަބާހ ސްޓޭޓްގެ ހުޅަނގު އައްސޭރިއަށާއި ސަރަވާކް ސްޓޭޓްގެ ހުޅަނގާއި މެދުތެރޭގެ ސަރަހައްދުތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މޫސުން ބަދަލުވުމުގެ މި ފިޔަވަހީގެ ފެށުން މި ދިޔަ އަހަރު ފާހަގަކުރެވިފައިވަނީ އިރުވައި މޫސުން ނިމުނު ހިސާބުގައި ގާތްގަނޑަކަށް ނޮވެންބަރުމަހުގެ މެދުތެރެއިން ފެށިގެންނެވެ.

"މޫސުމީ މި ޙާލަތުގައި، ފެންބޮޑުވުމާއި ދެރަ ޢިމާރާތްތަކަށް ގެއްލުން ލިބުމުގެ ފުރުޞަތު ވެސް މި އަހަރު އެބަ އޮތެވެ." އިއްޔެ ނެރުއްވި ބަޔާނެއްގައި ޖައިލާން ވިދާޅުވެފައިވެއެވެ.

މި މުއްދަތުގައި ރައްކާތެރިވެ ތިބުމަށާއި މޫސުމާ ބެހޭ އިދާރާއިން ޢާންމުކުރާ، މޫސުމާބެހޭ ލަފާކުރުންތަކަށް ސަމާލުކަން ދެއްވާން އާންމު ރައްޔިތުންނަށް ވަނީ އިރުޝާދުދެވިފައެވެ.

މެލޭޝިއާއަކީ އާންމު ގޮތެއްގައި ހަވީރުގެ ވަގުތުތަކުގައި ވާރޭވެހޭ ޤައުމެކެވެ. (ބަރުނާމާ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *