Support Us

ކޮވިޑް ޖެހިގެން އިންޑިއާގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް

ނިއުދިއްލީ: ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާއިން މަރުވި ކަމަށް ރެކޯޑްކުރެވިފައިވާ އަދަދު ލައްކައަކަށް ވުރެ އިތުރުވެއްޖެއެވެ.

މި ދިޔަ ހޮނިހިރު ދުވަހު އާންމުކުޅަ ތަފާސް ހިސާބުތަކަށް ބަލާއިރު، ޢާލަމީ ވަބާގެ ސަބަބުން މީހުން މަރުވުން ހުއްޓުމަކަށް ނައިސް އެ ޢަދަދު މިހާރު އުތުރުކަރައިގައި އެއްލައްކަ ފަހަނަޅައި ވަނީ ގޮސްފައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އުތުރުކަރައިން ހޮނިހިރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަދަދު އުޅެނީ އެއް ލައްކަ، އަށް ސަތޭކައަށް ވުރެ މަތީގައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ތަފާސްހިސާބަށް ބަލާއިރު، މިއީ މި ބަލީގައި މީހުން މަރުވާ އަދަދު ތިން ވަނައަށް އެންމެ ގިނަ ގައުމެވެ. އެއްވަނަ ދެވަނައިގައި އުޅެނީ އެމެރިކާއާއި ބްރެޒީލެވެ.

ބަލި ޖެހޭ ނިސްބަތަށް ބަލާއިރު މިހާތަނަށް އުތުރުކަރައިން 6.47 މިލިއަން ވޭދަނަ ރެކޯޑުކުރެވިފައިވެއެވެ. މި ޢަދަދުތަކަށް ބަލާއިރު، ބަލި ޖެހޭ ނިސްބަތް، ކުރިއަށް ހުރި ހަފުތާތަކުގައި އެމެރިކާއަށްވުރެ އިތުރުވެދާނެ ކަމަށް ކަމާ ބެހޭ ފަތާތްތަކުން ލަފާކުރެއެވެ.

އުތުރުކަރައިގެ އާބާދީކަމަށްވާ 1.3 ބިލިއަން މީހުންނަކީ އެމެރިކާގެ އާބާދީއަށްވުރެ ހަތަރު ގުނަ އިތުރު އަދަދަކަށް ވާތީ މީހުން މަރުވާ ނިސްބަތް އެމެރިކާއަށްވުރެ ދެ ގުނަ އިތުވާނެ ކަމަށް ލަފާކޮށް، އުތުރުކަރައިން މަރުވާކަމަށް ރަސްމީ ހިސާބުތަކުން އިޢުލާނުކުރާ ޢަދަދުތަކާމެދު މީޑިއާއިން ޝައްކު އުފައްދައެވެ.

"މަރުވާ މީހުންގެ ޢަދަދުތަކުގެ ޞައްޙަކަމެއް އަޅުގަނޑުމެންނަކަށް ކަށަވަރެއް ނޫން،" ވައިރަހާ ބެހޭ މާހިރެއްކަމަށްވާ ޓީ. ޔަޢުޤޫބު ޖޯން، އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ. "ޢާންމު ޞިއްޙަތާ ބެހޭ ކަންކަން ރަނގަޅަށް ބަލައި، ބަލިޖެހޭ އަދަދާއި މަރުވާ މީހުން ވަގުތުންވަގުތަށް ރެކޯޑްކޮށް ބަލަހައްޓާނެ ނިޒާމެއް އުތުރުކަރައިގައި ގާއިމުވެފައެއް ނުހުރެއެވެ."

އުތުރުކަރައިން ދުވާލަކަށް އެއް މިލިއަން މީހުން ޓެސްޓުކުރި ނަމަވެސް އެއީ އާބާދީގެ ނިސބްތަށް ބަލާއިރު އެހެން ޤައުމުތަކުން ޓެސްޓްކުރާ އަދަދަށްވުރެ ދަށް އަދަދެކެވެ.

މިސާލަކަށް ކޮވިޑްގެ ހިސާބުތައް ޢާންމުކުރާ ވެބްސައިޓެއް ކަމަށްވާ "ވޯލްޑްމީޓަރ" އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިސާލަކަށް އެމެރިކާއިން، ދުވާލެއްގެ މައްޗަށް މިއަށްވުރެ ފަސްގުނަ  އިތުރު އަދަދަކަށް ޓެސްޓުކުރެއެވެ. އެހެންކަމުން އުތުރުކަރައިގައި ކޮރޯނާ ފެތުރޭ އަދަދާއި މީހުން މަރުވާ އަދަދު، ރަސްމީ ހިސާބުތަކުން ހާމަކުރާ އަދަދަށްވުރެ އެތައް ގުނައަކަށް އިތުރުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

އުތުރުކަރައިގައި ޢާލަމީވަބާއާ ބެހޭ އެންމެ މަޝްހޫރު އެޖެންސީއިން އަންގާރަދުވަހު ޢާންމުކޮށްފައިވާ ބަޔާނަކަށް ބަލާއިރު ފަސްދޮޅަސް މިލިއަން މީހުން އުތުރުކަރައިން ކޮރޯނާ ވައިރަސް ޖެހިފައިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މާރިޗު މަހު ތަންފީޒުކުރާން ފަށައިފައިވާ ފުރަބަންދުގެ ސަބަބުން ކޮރޯނާ ފެތުރުން މައިތިރި ކުރެވިފައި ނުވިޔަސް، މި ފުރަބަންދުގެ ސަބަބުން ގާތްގަނޑަކަށް މިލިއަނެއްހައި މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި މިދިޔަ އަހަރުގެ ފަހު ބައިގައި އުތުރުކަރައިގެ އިޤްތިޞާދު ސައުވީސް އިންސައްތަ ވަނީ ދަށްވެފައެވެ. އިންޑިއާގެ ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް، ބައެއް މީހުން އެ މީހުންގެ އަމިއްލަ ވަޒަނަށް ދާންޖެހޭތީ، ބައެއް މަދު ޢަދަދަކަށް ހުއްދަ ދީފައި ވީ ނަމަ ވެސް ޢާންމު ގޮތެއްގައި ވަނީ ފަސްކުރެވިފައެވެ.

އެހެންނަމަވެސް ބާރަށް ދުވާ ރޭލާއި އާންމު ރޭލާއި އެތެރޭގެ އުދުހުންތައް، ހަރުކަށި ބައެއް ފިޔަވަޅުތަކާއެކު، ވަނީ އަލުން ހުޅުވައިލައިފައެވެ.

ކޮވިޑް ފެތުރުން މައިތިރިވެފައި ނުވި ނަމަވެސް އިސްކޫލުތަކާއި ބައިސްކޯފުގެތަކާއި ފަތާފެންގަނޑުތައް ވެސް ބައެއް ޝަރުޠުތަކާއެކު އަލުން ހުޅުވިދާނެ ކަމަށް މި ދިޔަ ބުދަ ދުވަހު ސަރުކާރުން ވަނީ ޢާންމުކޮށްފައެވެ. އަދި އުތުރުކަރައިގެ ދުއިސައްތަ މިލިޔަނެއްގައި މީހުން ދިރިއުޅޭ އުއްތަރުޕްރަދޭޝްގައި ދީނީ ބައެއް އީދުތައް ފާހަގަކުރާން ވަނީ ހުއްދަ ދީފައެވެ.

އުތުރުކަރައަކީ އަދި މިހާތަނަށް ކޮވިޑް މައިތިރިވެފައިވާ ޤައުމަކަށް ނުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް އަރައިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އެ ޤައުމަކީ އިނގިރޭސިވިލާތާ ގުޅިގެން ކޮވިޑަށް ވެކްސިނެއް ތައްޔާރުކޮށްފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގައި ވެސް އެ ވެކްސިނުގެ ބޭނުން ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ. އެ ވެކްސިންޖެހި މީހުންގެ އަދަދު، ބިދޭސީން ވެސް ހިމަނައިގެން، ލައްކައަކަށްވުރެ މާ މައްޗަށް މިހާރު ވަނީ ގޮސްފައެވެ.

(މަޢުލޫމާތު: ނިއު ސްޓްރެއިޓްސް ޓައިމް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *