މީގެ 20 އަހަރު ކުރީން އިންސާނެއްގެ މޭ ބަދަލުކުރުމަށް ޓަކައި މެލޭޝިއާގައި ކުރި ކާމިޔާބު އޮޕަރޭޝަންގައި، މޭ ބަދަލުކުރެވުނު ޒުވާނާ ނިޔާވެއްޖެއެވެ. ޢުމުރުން 23 އަހަރުގެ މުޙައްމަދު އަފީޤު އިކްމާލް މުޙައްމަދު ޒައިނީ ދުނިޔެ ދޫކުރީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ސްލާޔަންގ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އަފީޤު ދުނިޔެ ދޫކުރީ ރޭ ފަތިހު އެވެ. އަފީޤުގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އަވަށުގައި ވަޅުލައިފައެވެ.
"އަފީޤުގެ ބައްޕަ އަޅުގަނޑަށް އެ ހިތާމަވެރި ޚަބަރު ދިނީ،" އަފީގަށް މޭގެ އެއް ބައި ހަދިޔާކުރި ވަން މުޙައްމަދު ޙާފިޒަމް ބުންޏެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި މޭ ބަދަލުކުރި ފަހުން ވިއްސަކަށް އަހަރު ވެފައިވާ އަފީޤުގެ މެޔަށް އުނދަގޫތަކެއް ކުރިމަތިވެ އެ މައްސަލަގަނޑުގައި ދާދި ފަހުންވަނީ ފަރުވާ ދޭން ފަށައިފައެވެ.
އަފީޤުގެ ޢުމުރުން އެންމެ 14 މަހުގައި އޭނާގެ މޭ ބަދަލުކުރީ ހާފިޒަމް އޭނާގެ މޭގެ އެއްބައި އަފީޤަށް ހަދިޔާކުރީމައެވެ. އޭރު ހާފިޒަމްގެ އުމުރަކީ 23 އަހަރެވެ.
ހާފިޒަމް ވެސް ހިމެނޭ ގޮތުން މެލޭޝިއާގެ މަދަނީ ދިފާޢީ ބާރުން އެ ދުވަސްވަރު ދަރުމަވެރީންނަށް ވަނީ ލޭގެ ގޮތުން ގުޅުން ނެތަސް (ޢާއިލީ މީހަކަށް ނުވިޔަސް) މި ފަދަ އެހީތައް ދިނުމުގެ ހޭލުންތެރިކަން އުފެއްދުމަށް ޓަކައި މަސައްކަތްތަކެއް ކޮށްފައެވެ.
މޭ ބަދަލުކުރުމުގެ އޮޕަރޭޝަނަކީ މީގެ ވިއްސަކަށް އަހަރު ކުރީން މެލޭޝިއާގައި ވަރަށް މަޝްހޫރުވި ޞިއްޙީ ކާމިޔާބީގެ ވާހަކައެކެވެ. އޮޕަރޭޝަނަށް ފަހު ވިއްސަކަށް އަހަރު ވަންދެން ކާމިޔާބުކަމާއެކު އަފީޤު އާދާއިގެ ޙާލަތުގައި ދިރިއުޅުމަކީ އެ އޮޕަރޭޝަންގެ ކާމިޔާބީ ސާބިތުވާ ކަމެއް ކަމުގައި ބުނެވެއެވެ.
(ބްރީތާ ހަރިޔާން)



advertisment