Support Us

ވަރުގަދަ ހުމެއް!

މިނިވަންކަމާ މަދަނިއްޔަތަށް ޖެހިފައި ވަނީ ވަރުގަދަ ހުމެއް!
ދިނިގެން ނުދާވަރު ހޫނަކުން އަރަނީ އެހައި ވިހަގަދަ ދުމެއް!

ހުން ގަދަވަމުންދާ ނިސްބަތުން އެކަށޭނަ ފަރުވާ ނުލިބުމުން
ހުންނަންނުކެރި،އޮންނަންނުކެރި ތެޅިފޮޅިދަނީ ގައިން އަދު ހަމެއް!

އެ ދުމުން އެ ފޯރާ އަސަރަކުން އެ އަސަރު ދެ ލޯ ކަނުުކޮށްފިޔޭ
އެދުމެއް އޮތަސް ޙާޞިލްކުރަން ގެނުވީ އެޔަށް މާޔޫސްކަމެއް!

ނަގަމުން އަރުންދާ ދިލަޔަކުން ފެންފަނި ފޮދެއްވެސް ނުދިރުވޭ
އަނގަ ހިއްކިޔަސް ދޫ ނުކުތަކަސް ފެންފޮދަކުވެސް ނުޖެހޭ ތުމެއް!

ހުއްޓާނުލާ ހޭހަންކުރަން އެ އުޅޭ ބަޔަކު ވަރުބަލި ވިޔަސް
ރިއްސާ ރިހުން ހައްތާ ގަދަވެ،ފަރުވާތަކުން ލިބެނީ ސުމެއް!

ބަރުބާދު ވީ މުޅި ދިރިއުޅުން ސުއްޕާ މި ބަލިމަޑުކަމު ތެރޭ
މަރުދަން ޖެހެން މަޖުބޫރުވީ ބިރުވެރި މިއީ ކޮންފަދަ ގޮމެއް!

ކުރެވޭކަށެއް ނެތް އެއްކަމެއް ލިބެވޭކަށެއް ނެތް އަދު ލުޔެއް
ހުރެވޭކަށެއް ނެތް މަންޒިލެއް މެހެނީ ކަރަށް ހުރެގެން ދަމެއް!

ބަސްހުއްޓިފައި ގޮތް ހުސްވެފައި އޮއްވާ މިހެން ކަޅި ހުއްޓިފައި
އަސްތާ! މިހިރަ ހަށިގަނޑުތެރޭ ގޮވަނީ ނުރައްކާތެރި ބޮމެއް!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *