Support Us

އިޤުތިޞާދު އަލުން ކޮޅަށް ނެގުމަށް ޓަކައި ހިކުމާތީ އާ ރޭވުމެއް މެލޭޝިއާގައި އިޢުލާނުކުރަނީ

ކޮވިޑް19ގެ ސަބަބުން ނޭދެވޭ އަސަރުކޮށް ހަލާކުވެފައިވާ އިޤުތިޞާތު އަލުން ނަގައި ކޮޅަށްޖެހުމަށް ޓަކައި އިތުރު ޙިކުމާތެއް މި ފެށުނު މާރިޗު މަހުގެ މެދެއްހައި ތާނގައި އިޢުލާނުކުރައްވާނޭ ކަމަށް މެލޭޝިއާ ސަރުކާރުން އިޢުލާނުކުރައްވައިފިއެވެ.

ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީން ޔާސީން ވިދާޅުވީ މި ޙިކުމާތު ވާނީ އުފެއްދުންތެރި ވިޔަފާރި ވެއްޓެއް ޤާއިމުކުރާން އެހީވެދޭނެ ޙިކުމަތަކަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގުތިސާދު އަނބުރައި ރުޖޫޢަވެ، އުފެއްދުންތެރިކަމަށް ހަލުވި ކުރިއެރުމެއް އަންނާނެއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އިތުރު ހިކުމާތުގައި 300 ބިލިއަން މެލޭޝިއާ ރިންގީގެ އެހީ ހިމެނޭ "ސްޓިމިޔުލަސް ޕެކޭޖް"އެއް ހިމެނޭނެއެވެ. ދިވެހި ރުފިޔާއިން އަގު ކުރާނަމަ، ޓްރިލިއަނަކަށް ވުރެ މި އަދަދު މަތިވާނެއެވެ.

"އަޅުގަނޑު މިކަމާ ބެހޭ ގޮތުން މާލީމަޒީރު (ތެންގކޫ ދާތޫ ސްރީ ޒަފްރުލް ތުންކޫ ޢަބްދުލްޢަޒީޒު)އާ މަޝްވަރާކޮށްފިން. އިރާދަކުރެއްވިއްޔާ މި (މާރިޗު) މަހު މެދެއްހާ ތާނގައި މި ކަން އިޢުލާނުކުރެވޭނެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

"މި ދަތި ހާލުން އަރައިގަނެވޭނެ އަދި އިޤުތިޞާދީ ވެއްޓަށް އެންމެ އެކަށީގެންވާ އަޞްލު ޙިކުމާތު އަޅުގަނޑު އިޢުލާނުކުރާނަން،" މެލޭޝިއާގެ ނޫސްތަކުގެ އިސް މުޙައްރިރުންނާއެކު ބޮޑުވަޒީރުގެ ގެކޮޅުގައި މި ދިޔަ ހުކުރު ދުވަހު ބޭއްވެވި ޚާއްޞަ ބަސްދީގަތުމެއްގައި މުޙުޔިއްދީން ޔާސީން ވިދާޅުވިއެވެ.

މުޙުޔިއްދީން ވިދާޅުވި ގޮތުގައި މީގެ ކުރީން ސަރުކާރުން އިޢުލާނުކޮށްފައިވާ އަދި ތަޢާރަފުކޮށްފައިވާ އެކި ޕްރޮގްރާމްތަކުގެ ސަބަބުން މި އަހަރު ނިމޭހާ ތާނގައި ވަރަށް ފަހި ނަތީޖާތަކެއް ފެންނާނެއެވެ.

"އަޅުގަނޑުމެން މި ކަނޑައަޅާ އުޞޫލުތަކަކީ ހަމަ ތިބެލައިފައި އުޞޫލެއް ނެތި ނިންމާ ކަންތައްތަކެއް ނޫން. މިއީ ރޭވުންތެރިކަމާއެކު ޤައުމުގެ އިޤުތިޞާދު އަލުން ނަގައި ކޮޅަށްޖެހުމަށް ޓަކައި ރޭވިފައިވާ ހަރުދަނާ ހިކުމާތީ ރޭވުމެއް،" ބޮޑުވަޒީރު އިތުރަށް ވިދާޅުވިއެވެ.

ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އުނދަގޫތަކާއެކުގައި ވެސް މުޙުޔިއްދީން ވިދާޅުވީ، އަބަދު ވެސް މެލޭޝިއާ ދެމި އޮންނާނީ ބޭރުގެ ވުނޭރުންގެ ވުނަކުރުމަށް ޓަކައި ފަހި މަންޒިލެއްގެ ގޮތުގައެވެ. މި ކަން އިތުރަށް ތަފްޞީލުކޮށްދެއްވަމުން މުޙުޔިއްދީން ވިދާޅުވީ 109.8 ބިލިޔަނާ ގާތްކުރާ ޢަދަދެއްގެ ބޭރުގެ ވުނޭރުންގެ ވުނޭރުތަކަށް އެ މަނިކުފާނުގެ ސަރުކާރުން ވޭތުވެ ދިޔަ އަހަރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި ޝައުޤުވެރިކަން އުފެއްދެވުނު ކަމަށެވެ.

ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެއްދޭނެ ފަދަ، ދެ ހާސް ނުވަ ސަތޭކަ ފަންސަތިރީސް މަޝްރޫޢު ތަންފީޒުކުރާން (މިހާރު ވެސް ތައްޔާރުވެފައި) އެބަ ހުއްޓެވެ.

ބޮޑުވަޒީރު މުޙުޔިއްދީން ވިދާޅުވީ ބޭރުގެ ވުނޭރުންނަށް ވަރަށް ޚާއްޞަ ޢިނާޔަތްތަކެއް ވެސް މެލޭޝިއާއިން ހުށަހަޅުއްވާ ކަމަށެވެ. "މި އަހަރުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ޢިނާޔަތް ދެމިގެންދާނެ." ބޭރުގެ ވުނޭރުންނަށް އިޝާރާތްކުރައްވައި ބޮޑުވަޒީރު ވިދާޅުވީ "ތިޔަ ބޭފުޅުން މެލޭޝިއާއަށް (ވުނަކުރައްވާން) ވަޑައިގެންފި ނަމަ، ވަރަށް ޚާއްޞަ ޝައުޤުވެރި ޢިނާޔަތްތަކެއް ލިބިވަޑައިގަންނަވާނެ."

ބޮޑުވަޒީރުގެ ބަސްދީގަތުމަކީ ސަރުކާރު ހިންގާ ކޯލިޝަން ކަމަށްވާ "ޕަރިކަތާން ނާސިއޮނަލް"އިން ސަރުކާރު ހިނގާން ފެށިތާ އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެ މަނިކުފާނުގެ ގެކޮޅުގައި ބޭއްވި ޚާއްޞަ ބަސްދީގަތުމެކެވެ. މި ކޯލިޝަންގައި ހިމެނެނީ، މެލޭޝިއަން އިސްލާމިކް ޕާޓީއާއި ހޯމްލޭންޑް ސޮލިޑަރިޓީ ޕާޓީއާއި ސަބާހ ޕްރޮގްރެސިވް ޕާޓީއާއި ޕާޓީ ގްރަކާން ރަޢުޔަތު މެލޭޝިއާ (މެލޭޝިއާގެ ރައްޔިތުންގެ ޙަރަކާތުގެ ޕާޓީ) އާއި މެލޭޝިއަން ޔުނައިޓެޑް އިންޑިޖީނަސް ޕާޓީއެވެ.

(ޙަވާލާ: ނިއު ސްޓްރައިޓްސް ޓައިމް)

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *