Support Us

މެލޭޝިއާގެ ސުމޭކު އިޤުތިޞާދީ ނޫޗާޕު އިފުތިތާޙުކޮށްފި

"މަގޭސުމޭކު" (މައިޑިޖިޓަލް)ގެ ނަމުގައި "މެލޭޝިއާގެ ސުމޭކު އިޤްތިޞާދީ ނޫޗާޕު" މިއަދު އިފްތިތާޙުކޮށްފިއެވެ. ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީން ޔާސީން، ދާދިވަރުކޮށް އިފްތިތާޙުކުރެއްވި މި ނޫޗާޕުގެ ސަބަބުން އެ ޤައުމުގެ ސުމޭކު އިޤުތިޞާދަށް ހަލުވި ކުރިއެރުމެއް ލިބި ތަރައްޤީގެ މުޅިން އާ ޗާޓެއް ކުރެހޭނެ ކަމަށް ބޮޑުވަޒީރު އުންމީދުކުރައްވައެވެ.

މުޙުޔިއްދީން ވިދާޅުވި ގޮތުގައި، މުޅި ޤައުމަށް އަމާޒުކުރެވިފައިވާ، ބާރަވަނަ ތަރައްޤީގެ ރޭވުމުގެ (ޓްވެލްތު މެލޭޝިއާ ޕްލޭންގެ) ޢަމަލީ ރޭވުންތަކާއި އަދި ތަރައްޤީގެ މި ރޭވުމާ ގުޅޭ "އިޤުތިޞާދީ ދުޅަހެޔޮކަމުގެ ތަޞައްވުރު 2030″ ވެސް މި ނޫޗާޕުގައި އެކުލެވޭނެއެވެ.

"މަގޭސުމޭކު" (މައިޑިޖިޓަލް)އަކީ މެލޭޝިއާގެ ޕަރްލިސް ސްޓޭޓުން ފެށިގެން ސަބާހ ސްޓޭޓަށް، މެލޭޝިއާގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެ މީހުންގެ ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ބާރުވެރިކުރެވި ތަނަވަސްކަމާއި ފާގަތިކަން ލިބިދިނުމުގެ މަޤުޞަދުގައި ފެށި މަޝްރޫޢެކެވެ." މުޙުޔިއްދީން ވިދާޅުވިއެވެ.

"ސުމޭކު ލިޔެކިޔަންދަތުން ކުރިއަރުވައި ތަރައްޤީކުރުމާއި، ރަނގަޅު އާމްދަނީއެއް ލިބޭނެ ފުރުޞަތުތަކާއި ބޭންކުކުރުމާއި މާލީ ވިޔަފާރި ފަސޭހަކޮށް ނިޒާމީކުރުމުގެ ވިސްނުންތަކާއި ރޭވުންތައް މި ނޫޗާޕުގައި ހިމެނޭނެއެވެ. އަދި ދަރިވަރުންނަށް ދާދިވަރު ތަޢުލީމުގެ މަގު ފަހިކޮށްދީ ރަށްފުށުގެ އަވަށްތަކަށް ބޭސްފަރުވާގެ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން ވެސް މި ނޫޗާޕުގައި ހިމެނެއެވެ."

ސުމޭކުގެ ދާއިރާއަށް ކުރިއެރުން ލިބި ވިޔަފާރީގެ ހުރިހައި ދާއިރާއެއްގައި ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކޮށް ފަސޭހަކަމާއި ބަރާބަރުކަމާއެކު އެ މީހުންގެ މަސައްކަތްތައް ފުރިހަމަކުރުމަށް މި ނޫ ޗާޕުން މަގު ފަހިކޮށްދޭނެއެވެ.

މެލޭޝިއާގެ އިޤުތިޞާދީ ނޫޗާޕު (މަގޭސުމޭކު) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ފޭސްބުކް މަންސައެއް ބޭނުންކޮށްގެން ދާދިވަރުކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މެލޭޝިއާއަކީ ދެކުނުއިރުމަތީ އޭޝިއާގައި ކުރިއަރައިފައިވާ މުސްލިމު ޤައުމެކެވެ. އަދި ތަރައްޤީގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާ ޤައުމެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މެލޭޝިއާގެ ޤައުމީ އެއްބައިވަންތަކަމުގެ "ނޫޗާޕު" ވެސް މި މަހު 15 ވަނަ ދުވަހު މެލޭޝިއާއިން ވަނީ އިފްތިތާޙުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *