އއ. ރަސްދޫ ފިހާރަޔަކުން ވަގަށް ނަގައިފައިވާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން ބުނީ ރަސްދޫ ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ރަސްދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ ހުށަހެޅުމުން އުމުރުން 31 އަހަރުގެ އެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ތެރޭގައި ކޮސްމެޓިކްސްގެ ބައެއް ސާމާނާއި ހަވާދުގެ ބާވަތްތަކާއި ދޮންނަ ކުނޑި އާއި ޓީޝާޓާއި ފައިވާން ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މި ތަކެތި އޭނާ ވަގަށް ނެގީ ކޮން އިރަކު، ކިހިނަކުން ކަމެއް ފުލުހުން އަދި ނުބުނެއެވެ.
މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment