ވ. އަތޮޅުތެރެއިން އޮޔާދިޔަ، އިންޖީނެއް ނެތް ޑިންގީއެއްގައި ހާލުގައި ޖެހިފައި އިން ލަންކާ މީހަކު ސަލާމަތްކޮށްފިއެވެ.
އެމް.އެން.ޑީ.އެފުން ބުނީ އޮޔާދިޔަ މި ޑިންގީ ފެނުނީ ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ "މޯލްޑިވިއާނާ" ސަފާރީއަށް މިއަދު ހަވީރު ކަމަށެވެ. އެއާއެކު ކޯސްޓްގާޑުން ގޮސް އެ ޑިންގީ ވ. ފެލިދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެ މީހާގެ އަތުގައި ހުރި ޑޮކިއުމެންޓަށް ބަލާއިރު އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ،" އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.



advertisment