"ރަށް ފެހި" ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯ އިން ކަރަންޓު ދޭ ހުރިހައި ރަށެއްގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯ އިން ބުނީ ކޮވިޑް19 އާ ގުޅިގެން ފުރަބަންދުވެފައިވާ މާލެ ސަރަހައްދު ފިޔަވައި، ސްޓެލްކޯގެ ހިދުމަތް ދޭ 30 ރަށެއްގައި، ސްޓެލްކޯގެ މުވައްޒަފުން ނުކުމެ، ތަފާތު ގަސްތައް އިއްޔެ އިންދައިފައިވާ ކަމަށެވެ. އެއީ ކ، އއ، އދ އަދި ވ އަތޮޅުގައި ހުރި ސްޓެލްކޯގެ މަރުކަޒުތަކުގައެވެ.
ރައީސް @ibusolih ފައްޓަވާދެއްވާފައިވާ "ރަށް ފެހި" ޕްރޮގްރާމް މި އަހަރުވެސް މާލެ ސަރަހައްދު ފިޔަވާ މިކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި އިއްޔެވަނީ ކުރިޔަށް ގެންދެވިފައި. 1/2 pic.twitter.com/6Q7QI8EQ3U
— STELCO (@STELCOMALDIVES) February 15, 2021
ސްޓެލްކޯ އިން ބުނީ "ރަށް ފެހި" ޕްރޮގްރާމްގެ ދަށުން 2019 ގައި 2،000 ގަސް އަދި 2020 ގައި 3،000 ގަސް ސްޓެލްކޯ އިން ވަނީ އިންދައިފައެވެ. އެހެންވެ މިއަހަރުގެ އަމާޒަކީ 5،000 ގަސް އިންދުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.



advertisment