ގަލްފުގެ ހަ ޤައުމެއްގައި ދިރިއުޅޭ ޔަހޫދީ މުޖްތަމަޢުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި އެއްބާރުލުމާއި އެކުވެރިކަން ޤާއިމު ކުރުމަށް ޓަކައި އިސްރާއީލުން މި މުޖްތަމަޢުތަކަށް ޚާޢްޞަ ޖަމްޢިއްޔާއެއް މިއަދު އުފައްދައިފިއެވެ.
އިސްރާއީލުގެ ޚާރިޖިއްޔާގެ ޓުވިޓަރު ޞަފްޙާ މެދުވެރިކޮށް ބުނިގޮތުގައި މިއީ މިފަދަ ޖަމްޢިއްޔާއެއް އުފެއްދުނު ފުރަތަމަ ފަހަރެވެ.
We are the Association of Gulf Jewish Communities, and today marks our Twitter debut! We are committed to the growth and flourishing of Jewish life in the Gulf States. Follow us and stay tuned for our exciting updates!https://t.co/lItsYiZS0Q pic.twitter.com/NiwtSqCEJU
— Association of Gulf Jewish Communities (AGJC) (@gulfjewish) February 15, 2021
މި ޖަމްޢިއްޔާގައި ހިމެނޭނީ އިމާރާތާއި ބަޙްރައިނާއި ސުޢޫދިއްޔާ އާއި ޢުމާނާއި ޤަޠަރާއި ކުވައިތެވެ.
މި ޖަމްޢިއްޔާއިން ނެރުނު ފުރަތަމަ ބަޔާން ބުނާގޮތުގައި މި ޖަމްޢިއްޔާއިން ގަލްފުގެ ޤައުމުތަކުގައި ދިރި އުޅޭ ޔަހޫދީންގެ ޙަޔާތާއި މަޢީޝަތު ފާގަތިކުރުމަށާއި ތަރައްޤީ ކުރުމަށް ބާރުލައި މަސައްކަތް ކުރާނެއެވެ.