07:42
ޖައްސަން އުޅުމުގެ ތެރޭގައި ހުޅުލެ ފަޅުތެރެއަށް ސީޕްލޭނެއް ދެންމެ ވެއްޓިއްޖެއެވެ. ވެއްޓިގެން އުޅެނީ މަންތާ އެއަރގެ ސީޕްލޭނެކެވެ. ބޯޓު އޮތީ އަޑީގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ބޯޓު އައީ ނޮޓިލަސް މޯލްޑިވްސް އިން މީހުން ގޮވައިގެންނެވެ.
މަންތާ އެއަރގެ ސީޕްލޭނެއް ހުޅުލެ ފަޅުތެރެއަށް ވެއްޓިގެން އުޅޭކަން އެމް.އެން.ޑީ.އެފުން ދާދި ދެންމެއަކު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެކަމުގައި އެމް.އެން.ޑީ.އެފުންް ހަރަކާތްތެރިވަމުން އަންނަ ކަމުގައި ވެސް އެމް.އެން.ޑީ.އެފުން ބުންޏެވެ.
މި ބޯޓުގައި ދަތުރުކުރީ ކިތައް މީހުން ކަމެއް، މީހުންގެ ހާލެއް، އަދި ބޯޓު ވެއްޓެން ދިމާވީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.
މަންތާ އެއަރގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެމް.އެން.ޑީ.އެފުން ވެސް ބުނީ އެގޮތަށެވެ.
"މިކަމާ ބެހޭ ތަހުގީގުގެ ބައި ހިންގުމަށްފަހު އެއާޕޯޓުން މައުލޫމާތު ހިއްސާކުރާނެ،" އެމް.އެން.ޑީ.އެފްގެ އޮފިޝަލް ވިދާޅުވިއެވެ.



advertisment