Support Us

ތާރީޚުގެ ތެރެއިން… ނަން ބަދަލުކޮށްފައިވާ ބައެއް ޤައުމުތައް

އެކިއެކި ސަބަބުތަކަށް ޓަކައި ބައެއް ޤައުމުތައް އެ ޤައުމުތަކުގެ ނަން ބަދަލުކޮށްފައި ވެއެވެ. ބައެއް ފަހަރަށް ސިޔާސީ ސަބަބުތަކަށް ޓަކައެވެ. އަނެއްބައި ފަހަރަށް އިޤްތިޞާދީ ސަބަބުތަކަށް ޓަކައެވެ. އަދި ބައެއް ފަހަރަށް އެ ޤައުމުގެ ތަޞައްވުރު ރިވެތި ސިފައެއްގައި ދެއްކުމަށް ޓަކައެވެ.

ހޮލެންޑް / ނެދަރލޭންޑް

     ހޮލެންޑް ސަރުކާރުން އެ ޤައުމަށް އިނގިރޭސިން ކިޔާ ނަން ނެދަރލޭންޑަށް ބަދަލު ކުރުމަށް ނިންމީ ދުނިޔޭގެ ކުރިމަތީގައި އެ ޤައުމުގެ ތަޞައްވުރު ރީތިކޮށް ކުރަހާލުމަށް ޓަކައެވެ. އޭގެތެރޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމާއި މީސް ބޯ ނޫން ސަރަޙައްދުތަކަށް ފަތުރުވެރީން ޝައުޤުވެރި ކުރުވުން ވެއެވެ. އިނގިރޭސިވިލާތުގެ ދަ ގާރޑިއަން ބުނާގޮތުގައި ހޮލެންޑްގެ ކެބިނެޓުން ބޭނުން ވަނީ އެ ޤައުމުގެ ދާޚިލީ ބައެއް "ހުތުރު" ފޮޓޯތަކުގެ މަތިން ދުނިޔެ ދުރަށްލާށެވެ. އެ ސަޤާފަތުގެ ތެރޭގައި މަޖާ ކުރުމަށް ޓަކައި މަސްތުވާތަކެތި ބޭނުން ކުރުމާއި އަމްސްޓާރޑަމްގެ ރަތްއަލި ސަރަޙައްދުގައި ޖިންސީ ޢަމަލުތައް ފާޅުގައި ހިންގުން ހުއްދަވުން ވެއެވެ.

ފާރިސް ކަރަ / އީރާން

ޒިރާދަޝްތުގެ ފޮތް އަބްސްތާޤު ބުނާގޮތުގައި އީރާނުގެ އަޞްލު ނަމަކީ އައިރިޔާނާމު (އާރީންގެ ބިން) އެވެ. އެއީ ޢީސާގެފާނުގެ ތިން ހާސް އަހަރު ކުރިން އާރީންގެ ތެރެއިން ހިޖްރަކުރި ޤަބީލާތަކުގެ މީހުން މި ބިމުގައި ވަޒަންވެރިވެފައިވާތީއެވެ. އިސާގެފާނުގެ 413 އަހަރު ކުރިން ޔޫނާނީ ލިޔުންތެރިޔާ ހީރޯޑޮޓް މި ސަރަޙައްދުގެ މީހުންނަށް ފާރިސީންނޭ ވިދާޅުވެ ނަންދެއްވިއެވެ. ގްރީކުންނާއި ރޯމަނުންނާއި ޔޫރަޕްގެ ޤައުމުތަކުން ފާރިސްކަރައޭ ކިޔަން ފެށީ މިހެންވެގެންނެވެ. ނާޒީ ޖަރްމަނުން އެ ސަރަޙައްދަށް އީރާން ކިޔަން 1935ގައި ރިޒާ ޝާހް ޕަހެލަވީއަށް ހުށައެޅުމުން އޭނާ މި ކަމާ ޤަބޫލުފުޅުވިއެވެ. އަދި އީރާނު ސަރުކާރުން ދުނިޔޭގެ ޤައުމުތަކަށް މި ނަމުން މުޚާޠަބު ކުރަން ފެށިއެވެ.

ކެމްޕޫޗިޔާ / ކެމްބޯޑިޔާ

ކެމްޕުޗިޔާގެ ނަން ވަނީ ވަރަށް ގިނަ ފަހަރަށް ބަދަލުވެފައެވެ. ކެމްޕޫޗިޔާގެ ފުރަތަމަ ނަމަކީ ކިންގްޑަމް އޮފް ކެމްބޯޑިޔާއެވެ. އެއަށްފަހު  ރިޕަބްލިކް އޮފް ޚުމަރ އެވެ. އެއަށްފަހު ޑިމޮކްރެޓިކް ކެމްޕޫޗިޔާއެވެ. އެއަށްފަހު ޕޮޕިޔުލަރ ކެމްޕޫޗިޔާއެވެ. އެއަށްފަހު 1993ގައި އެ ޤައުމު ޝާހީ ވެރިކަމަށް އަނބުރާ އައުމާ ވިދިގެން އެ ޤައުމުގެ ނަން މިހާރު ބަދަލުވެފައި ވަނީ ކެއްމޫޑިޔާ އަށެވެ.

ސުވާޒިލޭންޑް/ އީ ސުވާތީނީ

ސުވާޒިލޭންޑްގެ ނަން މިހާރު ބަދަލުކޮށްފައި ވަނީ އީ ސުވާތީނީ  (މާނައަކީ ސުވާޒީންގެ ބިން) އަށެވެ. މި ނަން ބަދަލު ކުރީ ސުވިޒަރލޭންޑާ އޮޅޭތީއެވެ.

ޗެކް ރިޕަބްލިކް / ޗީކިޔާ

ޗެކް ރިޕަބްލިކްގެ ރައްޔިތުން އެ ޤައުމުގެ ނަން ޗީކިޔާ އަށް ބަދަލު ކުރީ ކިޔަން ފަސޭހަވާތީއެވެ. މި ގޮތަށް ނަން ބަދަލު ކުރީ 2016 ގައެވެ. އެއީ ބައިނަލްއަޤްވާމީ މަސްރަޙުގައި  އެ ޤައުމުގެ ޝަޚްޞިއްޔަތު ފަސޭހަކަމާއެކު އިޝްތިހާރު ކުރުމުގެ ބޭނުމުގައެވެ.

ކޭޕް ވަރޑް/ ކޭބޯ ވަރޑް 

ކޭޕް ވަރޑް ޖަޒީރާގެ ނަން  ކޭބޯ ވަރޑް ޖަޒީރާގެ ނަމަށް ބަދަލު ކުރީ 2013 ގައެވެ. މި ރަށުގައި މީހުން ނޫޅޭ ބަޔަށް މި ނަންދިނީ 1444ވަނަ އަހަރު ޕޯޗްގީޒުންނެވެ.މި ރަށުގެ މީހުން ދެކޭ ގޮތުގައި މި ރަށުގެ އަޞްލު ނަމަކީ މިއެވެ.

ސިލޯން / ސްރީލަންކާ

1815 ވަނަ އަހަރުން ފެށިގެން 1948 އާ ހަމައަށް ސިލޯނުގެ ނަން އެތައް ފަހަރަކު ވަނީ ބަދަލު ވެފައެވެ. ސިލޯނުގެ ނަން ސްރީލަންކާއަށް ބަދަލުވީ 1972ގައެވެ. އެއަށްފަހު 1978ގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ސްރީލަންކާއަށް އެ ޤައުމުގެ ނަން ބަދަލުކުރިއެވެ.

އަޕަރ ވޯލްޓާ / ބުރްކީނާ ފާސޯ  

މި ޤައުމުގެ ނަން އަޕަރ ވޯލްޓާ އިން ބުރްކީނާ ފާސޯއަށް ބަދަލުކުރެއްވީ އޭރުގެ ރައީސް ތޯމަސް ސަންކާރާ 1984 ގައެވެ.  އަޕަރ ވޯލްޓާގެ ނަން އެ ޤައުމަށް ދިނީ ވޯލްޓާ ކޯރަށް ނިސްބަތްކޮށް ފަރަންސޭސީން އެ ޤައުމު އިސްތިޢުމާރު ކުރުމަށް ފަހުގައެވެ.

ޒައީރު / ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ

ޑިމޮކްރެޓިކް ކޮންގޯއަށް އެތައް ނަންތަކެއް ކިޔާފައި ވެއެވެ. އޭގެތެރޭގައި ކޮންގޯ ފްރީ ސްޓޭޓް،  ބެލްޖިއަމް ކޮންގޯ، ލިޔުޕޯލްޑް ކޮންގޯ ވެއެވެ. 1960ގައި އެ ޤައުމަށް މިނިވަންކަން ލިބުމުން ދެވުނު ނަމަކީ ރިޕަބްލިކް އޮފް ކޮންގޯއެވެ. ދެން 1965 ން 1971 އާ ހަމައަށް  ކޯރު ކޮންގޯގެ ނަން ކިޔުނެވެ. އެއަށްފަހު ބަދަލުވީ ޑިމޮކްރެޓިކް ކޮންގޯއަށެވެ. ރައީސް ސީސީ ސީކޯ މަބޫޓޫގެ ވެރިކަމުގައި 1971ގައި ރިޕަބްލިކް އޮފް ޒައީރު އަށް ނަން ބަދަލުވިއެވެ. 1977ގައި މަބޫޓޯ ވެރިކަމުން ވައްޓައިލުމަށްފަހު އެ ޤައުމުގެ ނަން އަލުން ބަދަލު ކުރީއެވެ.

 ބަރމާ / މިޔަންމާރު

މިޔަންމާރަށް ބަރމާއޭ ވެސް ކިޔެއެވެ. ބަރމާގެ ނަން ރިޕަބްލިކް އޮފް މިޔަންމާރު ފެޑަރޭޝަން އަށް ބަދަލު ކުރީ 1989 ގައި ސިފައިން ގެނައި އިންޤިލާބާ ވިދިގެންނެވެ. އދގައި މިއަދު ބަރމާއަށް ކިޔަނީ މިޔަންމާރެވެ.

ޙަބަޝާ / އިތިޔޯޕިއާ

ޙަބަޝާގެ ނަމުން މަޝްހޫރުވެފައިވާ އިތިޔޯޕިޔާއަކީ އިތިޔޯޕިއާގެ އުތުރު ދައުލަތެވެ. އެމީހުން ދަޢުވާ ކުރާގޮތުގައި ސުލައިމާނުގެފާނު ބަލްޤީސް ރަނި ކަމަނާއާ ކާވެނިފުޅު ބައްލަވައިގެން ލިބިވަޑައިގެން ބޭފުޅާގެ ދަރިކޮޅުގެ ވެރިކަމުގައި މުޅި އެ ސަރަޙައްދަށް ޙަބަޝާއޭ ކިޔެއެވެ. މި ކާވެނިފުޅު ކުރެވުނު ކަމެއް ތާރީޚަކުން ސާބިތެއް ނުވެއެވެ. އަދި ބަލްޤީސް ރަންޏަކީ އިތިޔޯޕިޔާގެ  ބޭފުޅެއް ކަމެއް ވެސް ތާރީޚަކުން ނޭނގެއެވެ. ޙަބަޝާގެ ނަން އިތިޔޯޕިއާއަށް ބަދަލު ކުރެއްވީ އެ އެމްޕަޔަރުގެ 10 ވަނަ ރަސްގެފާނު ހައިލާސިލާސީއެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *