Support Us

ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން

ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފިއެވެ. މިއީ ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މި މަޖިލީހަށް އަންހެން އޮފިސަރުން އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވީ ދާދި ފަހުން ލެފްޓިނެންޓް ކާނަލްގެ ރޭންކަން ޕްރޮމޯޓްކުރެއްވި ދެ އޮފިސަރުން ކަމަށްވާ ޙައްވާ ޝެނީން އާއި ޑރ. ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި ދެ އޮފިސަރުންގެ ތެރެއިން ޝެނީން އަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ޑރ. ތަޙުސީނާ އަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާއެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރައްވާ މަޖިލީހެކެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *