Support Us

މެލޭ މީހުންގެ 67 އިންސައްތަ މީހުން ކޮވިޑް ވެކްސިނަށް އިތުބާރުކުރޭ: ސާވޭ

މެލޭޝިއާގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ކޮވިޑް19 ވެކްސިން ޖަހާން ބޭނުންކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ މެލޭޝިއާގެ ކަމަންތަރިއާން ކަސިއްހަތާން (ޞިއްޙަތާބެހޭ ވުޒާރާ) އިން ދާދިފަހުން ކުރި ދިރާސާއަކުންނެވެ. މި ދިރާސާ ކުރީ ވެކްސިންގެ ނުރަނގަޅު ވާހަކަ ފަތުރައި މީހުންގެ ހިތަށް ވެކްސިނާމެދު ބިރުވެރިކަން ވައްދާން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ވެކްސީން ޖަހާން ގިނަ މީހުން ބިރުގަންނާން ފެށުމުންނެވެ. ނަމަވެސް މެލޭޝިއާގެ މަންތަރީ ކަސިއްހަތާން (ޞިއްޙީ ވަޒީރު) ދާތޫ ސްރީ ޑރ. އަދްހަމް ބާބާ، "އުތޫސަން މެލޭޝިއާ"އަށް ދެއްވި ބަސްދީގަމުމެއްގައި ވިދާޅުވީ، މިދިޔަ ޑިސެންބަރު މަހު ކުރި ސާވޭގެ ނަތީޖާ ދައްކާ ގޮތުން، ސާވޭއަށް ޖަވާބުދިން މީހުންގެ ތެރެއިން ގިނަ މީހުން ކޮވިޑް ވެކްސިނަށް އިތުބާރުކުރެއެވެ. އަދި އަދި ވެކްސިން ލިބިގަންނާން ބޭނުންވެއެވެ.

މި ދިޔަ ޑިސެންބަރުމަހު 21 ން 28 އަށް މެލޭޝިއާގައި ކުރި މި ސާވޭގެ ނަތީޖާ ދައްކާ ގޮތުން 67 އިންސައްތަ މީހުން ކޮވިޑް ވެކްސިންއަށް އިތުބާރުކޮށް އެ ވެކްސިން ޖަހާން ބޭނުންވެއެވެ. އަދި ވެކްސިނާމެދު ޔަގީންކަމެއް ނެތްކަމަށް 17 އިންސައްތަ މީހުން ބުނި އިރު، ވެކްސިނަށް ސީދާ އިންކާރުކުރީ 16 އިންސައްތަ މީހުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ސީނުކަރައިގެ ވޫހާން ސިޓީއިން ދުނިޔެއަށް ތަޢާރަފުވި ކޮރޯނާ ވައިރަކުން ޖެހުނު ކޮވިޑް19ގެ ސަބަބުން މިހާތަނަށް 106.5 މިލިއަން މީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި މުޅި ދުނިޔެއިން 2.3 މިލިޔަން މީހުން މި ބަލީގައި ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެމެރިކާއިން އެކަނި ވެސް ވަނީ މި ބަލީގެ 27 މިލިޔަން ވޭދަނަ ފާހަގަކުރެވި ހަތަރު ލައްކަ ފަސްދޮޅަސް ފަސް ހާސް މީހުން މި ދުނިޔެ ދޫކޮށްފައެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުން މިހާރުވަނީ ކޮވިޑް19 އަށް ވެކްސިނެއް ހޯދައިފައެވެ.

(މަޢުލޫމާތު: ބްރީތާ ހަރިއާން އަދި ސީނާރ ހަރިއާން، މެލޭޝިއާ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *