މާފަންނު ގެއެއްގެ ސިޓިންރޫމުގައި ބާއްވައިފައި އޮތް ފޯނަކާއި ޓެބްލެޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދާ މީހެއްގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
އެ ވީޑިއޯ އިން ފެންނަނީ މާސްކު އަޅައިފައި ހުރި އެ މީހާ އެ ގޭގެ އަށް ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ތެރެއިން ފޯނެއް ހިފައިގެން ނުކުމެ ޖީބަށްލާތަނެވެ. އަދި ލައިގެން ހުރި ޓީޝާޓު ބިއްދޮށުން ޓެބްލެޓް ފެންނަން ހުއްޓެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475902 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment