ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅެމުން ގޮސް، ފަސް މަހަށްފަހު މިއަދު އަނެއްކާ ވެސް 215 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް ދެވަނަ ދުވަހު ވެސް 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު އަދަދެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު އަދަދުތައް 100 އިން މައްޗަށް އަރަންފެށީ މިދިޔަ މަހު 24 އިން ފެށިގެންނެވެ.

އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 16،056 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ވެސް ފަރުވާކުރަމުންދާ 1،807 މީހުން ތިބިއިރު 184 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. ކޮވިޑް ޖެހުނު 14،190 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 52 އެވެ.



advertisment