އުތުރުކަރައިގައި ހުންނަ އިސްރާއީލީ ސަފާރާގައި ކުޑަވަރެއްގެ ބޮމެއް ގޮއްވައިލައިފިއެވެ. ނަމަވެސް ނިއުދިއްލީގައި ހުންނަ މި ސަފާރާގައި ގޮވި މި ބޮމުގެ ސަބަބުން އެއްވެސް މީހަކަށް ހާނީއްކައެއް ނުވާ ކަމަށް އިސްރާއީލު އޮފިޝަލުން ޚަބަރުދެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިއީ ނިރުބަވެރި ހަމަލާއެކެވެ.
ދިއްލީ ފުލުހުން ބަޔާންކުރި އޮތުގައި "މިއީ ވަރަށް ބާރު ދެރަ ބޮމެކެވެ." އަދި މި ބޮން ގޮވި ސަރަހައްދުގައި އޮތް ދެތިން ކާރެއްގެ ކުޑަދޮރުގެ ބިއްލޫރިތައް ތެޅުން ފިޔަވައި އެހެން ގެއްލުމެއް ފާހަގަކުރެވިފައެއް ވެސް ނެތެވެ.
ފުލުހުންގެ ތަރުޖަމާނުގެ ބަޔާނަކާ ޙަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ގޮތް ނޭނގޭ މިފަދަ އިތުރު އެތައް ޙަމާލާތަކެއް ދޭން މީގެ ކުރީން ވެސް މަސައްކަތްކޮށްފައިވެއެވެ
ޔަހޫދީ ދައުލަތުގެ ޚާރިޖީ ވުޒާރާއިން ބަޔާންކުރާ ގޮތުގައި މި ބޮމުގެ ސަބަބުން އެ ވުޒާރާގެ ޢިމާރާތަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނެތެވެ. އަދި ޑިޕްލޮމެޓުންނާއި ސަފާރާގެ ހުރިހާ މުވައްޒަފުން ވެސް ތިބީ ސަލާމަތުންނެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވާ ގޮތުން "އުތުރުކަރައިގެ ބާރުތަކުން މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން އެބަ ގެންދެއެވެ. މި ތަޙުޤީޤުގައި އިސްރާއީލީ އޮފިޝަލުންގެ އެހީތެރިކަން ވެސް ގެންދަނީ ހޯދަމުންނެވެ."
މި ޙާދިސާގެ ސިއްރާ ބެހޭ ގޮތުން ވާހަކަދައްކަމުން އިސްރާއީލީ އޮފިޝަލަކު ބަޔާންކުރާ ގޮތުގައި މި ހާދިސާއާ ގުޅިގެން މީހަކު ހައްރުކުރެވިފައި ނުވި ނަމަވެސް ނިރުބަވެރި މި ޙަމަލާއާ ގުޅިގެން ބަލަންޖެހޭ ކޮންމެ ކަމެއް އިސްރާއީލީ އޮފިޝަލުންނާ ގުޅިގެން އުތުރުކަރައިން ބަލައި އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.
އުތުރުކަރައިގެ ޚާރިޖީވަޒީރު އެސް. ޖައިޝަންކަރު، އިސްރާއީލުގެ ޚާރިޖީވަޒީރަށް ޔަގީންކަން ދީފައިވާ ގޮތުގައި އިސްރާއީލީ ސަފާރާއާއި އެތާނގެ ޑިޕްލޮމެޓުންނާއި މުވައްޒަފުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން އުތުރުކަރައިން ކަށަވަރުކޮށްދެއެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ހިންގަމުން ގެންދާކަމަށާއި މި ފަދަ ކަމެއް އިތުރަށް ފެތުރިގެން ދާކަށް އަދި ޤާނޫނާ ޚިލާފު މިފަދަ އެއްވެސް ކަމެއް ހިނގުމުގެ ފުރުޞަތެއް އުތުރުކަރައަކުން ނުދޭނެކަމުގެ ކަށަވަރުކަންވެސް އުތުރުކަރައިން ދެއެވެ.
މި ހާދިސާ ހިނގައިފައިވަނީ އިއްޔެ ހަވީރު ބޭއްވި އަސްކަރީ ޙަފުލާއެއް، އުތުރުކަރައިގެ ރައީސް ރާމްނާތު ކޯވިންދާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝަރަފުވެރިކޮށްދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުންނެވެ. މި ޙަފުލާ ބާއްވައިފައިވަނީ އިސްރާއީލީ ސަފާރާ ހުރި ތަނާ ކިލޯމީޓަރެއްހައި ދުރުގައެވެ.
މި މައްސަލަ މިހާރު ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. (ޙަވާލާ: ރޮއިޓާރސް)



advertisment