އޭ ހިތާ ތިޔަ ހިތުގެ ތެޅުމާ ރޯ ރުއިން އެބަ އަޑު އިވޭ!
ލޭ ހިނގާ ހިތަކަށް ކުރާނޭ ފުން އަސަރު އިޙުސާސުވޭ!
ނާރުތައް ބުރިބުރިވެ ގުނަވަންތަކުގެ ޙަރަކާތް ހުއްޓިގެން
ބާރު އެކުގައި ދޫވެ ދިއުމުން ލޯ މަރާފައި ނުހުޅުވޭ!
ސާލު މޮޅިވެރިކަމުގެ ލައިގެން އޮހޮރަމުންދާ ކަރުނައިން
މާލު ހުއްޓަސް، ޙާލު ނެތްކަން ލޯ ތަކަށް އެބަ ހާމަވޭ!
ދޭނެ ފަރުވާއެއް ނެތީމާ ދެރަވެ ހަމްދަރުދީވަމޭ
ވޭނެކޭ ތިޔައީ ރިހުން ގަދަ، ވާނެވަރު އެބަ ފަހުމުވޭ!
ރޭ ދުވާ ތަކުރާރުވާއިރު ހަށިގަނޑާއި ފުރާނަޔަށް
ދޭ ތުރާލާ ގެއްލުމާ ދުލަކުން ބަޔާނެއް ނުކުރެވޭ!
ރަޙުމުނެތް އަތަކުން ކުރާ އަނިޔާގެ ވޭނީ އާހުގައި
އަހުރެނަށް ވެސް އަދަބު ދޭ އެކަމަކު ޢަޒުމް ބަދަލެއް ނުވޭ!
