Support Us

ތިޔަ ލޮބުވެތި ހަނދާނުގައި!!!

އޭ މަގޭ ލޮބުވެތިވި މަންމާ ތިޔަ ހަނދާން ނުފިލާނެޔޭ
ހޭ މަގޭ ހުރިނަމަ މި ދެލޮލުން ކަރުނައެއް ނުހިކޭނެޔޭ

ތިޔަ އުނގުން ލިބިފައިވި ޚިދުމަތް އަގުކުރާނީ ކިހިނަކުން
ހިޔަ އަހަރު ގުރުބާންވިޔަސް އެ އަކަށް އަގެއް ނުދެވޭނެޔޭ

ތިޔަ މަދަރުސާއިން ލިބުނު އަގުހުރި ދަރެސްތައް މި ހިތަކުން
މިއަދުވެސް އަދި މާދަމާވެސް ލިޔެވިފައި ހުންނާނެޔޭ

ތިޔަ ހިޔާވަހިކަމުގެ ދަށުގައި ލިބުނު މަދަދާ ލޯތްބަކީ
ވިޔަ ވެވޭނޭ ނިޢުމަތެއް ނޫނޭ އަބަދު ބުނެވޭނެޔޭ

ތިޔަ އަތުގެ ފިރުމުންތަކާ ރަޙުމާއި އޯގާވެރިކަމާ
ދިޔައުމަށް ފަހުގައި މެއިން ރިހުމެއް ތަދެއް ނުފިލާނެޔޭ

ތިޔަ ދެފައިތިލަ ދަށުގައޭ އަހަރެންގެ ޖަންނަތު ވާހުށީ
ތިޔަ ހިތުގެ ރުހުމާނުލައި އެ ހިޔާ ނުވެސް ފެންނާނެޔޭ

ތިޔަ ވަކިވެ ދިއުމުގެ އަސަރަކީ ހާދަހާ ބޮޑު ވޭނެކޭ
ކިޔަމަނުން ހިތް އޮތުމަކަށް އެ ހިތުގެ މަގާމެއް ނުރުހެޔޭ

ތިޔަގޮތަށް މަށިތަންމަތީގައި މިއަދު އޮތް ކަމުގައި ވިޔަސް
ތިޔަ ފޮޓޯ ލޯ ކުރިމަތިން އަބަދާ އަބަދު ފެންނާނެޔޭ

ތިޔަ މަޒާރަށް ހުއްޓި ހުރެ ރޫޙާ ހިތުން ރަޙުމަތް އަދައި
ނިޔަތުގައި ތެދުވެރިވެގެން މިކުރާ ދުޢާ ނުނިމޭނެޔޭ

ރައްބަނާ ! ޔާ ރައްބަނާ ! ލޮބުވެތި މަގޭ މަންމާގެ ރޫޙް
ޢިއްޒަތާއެކު ސުވަރުގޭގައި ދާއިމަށް ލައްވާށިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *