Support Us

ޖޯޖިއާގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓުގުނުން ކުރިއަށްދަނީ

އެމެރިކާގެ ސެނެޓްގެ ދެ އިންތިޚާބެއްގައި ދެ ވަނަ ފަހަރަށް ޖޯޖިއާ ސްޓޭޓްގެ ވޯޓުފޮށިތައް އަންގާރަ ދުވަހު 7 ޖެހިއިރު (ޖީއެމްޓީ އިން 12:00 ގައި) ހުޅުވައިލުމަށްފަހު ވޯޓު ފޮށިތައް ބަންދުކޮށް ވޯޓުގުނުން ކުރިއަށް އެބަދެއެވެ. މިއީ އެމެރިކާގެ ސެނެޓްގެ ކޮންޓްރޯލް ކަށަވަރުވާނެ އަދި ޓްރަމްޕާއި ޖޯބައިޑްން 'ގަދަ ހިފުމަކަށް ދިޔަ' ރިޔާސީ ކެމްޕޭނުގައި ވާދަކުރި އެމެރިކާގެ ދީމުޤުރާޠީ އާ ރިޔާސަތުގެ ފުރަތަމަ އަހަރުތަކުގެ ފަސޭހަކަން ޔަގީންވާނެ ކަމެކެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ރިޔާސީ އިންތިޚާބުގައި އަދި ސެނޭޓްގެ އިންތިޚާބުތަކުގައި ވެސް ޖޯޖިއާގެ ވޯޓު، ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ރިޕަބްލިކަން ޕާޓީ އެވެ. ނަމަވެސް ނޮވެންބަރު ބޭއްވި އިންތިޚާބުގައި ޙައިރާންވާ ފަދަ ނަތީޖާއަކުން ދައްކައިފައި ވަނީ އިންތިޚާބު ބައިޑްން ކާމިޔާބުކުރި ކަމަށެވެ. އަދި ގިނަ ސްޓޭޓްތަކުން ބައިޑްން އަށް ލިބުނު ކާމިޔާބީގެ ސަބަބުން ޖޯބައިޑްންއަށް ވަނީ ވައިޓްހައުސްއާ ކައިރިއަށް އާދެވިފައެވެ. މިހާރު ގުނަމުންދާ ވޯޓުގައި އެންމެ ފަހުން ލިބުނު ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި މި ފަހަރު ކުރީގައި އުޅެނީ ޑިމޮކްރެޓުންނެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ޚަރަދު ބޮޑު އިންތިޚާބުކަމަށް ބެލެވެއެވެ.

ދެކުނުގެ މި ސްޓޭޓްގައި ހުޅުވައިލި ވޯޓްފޮއްޓަށް ތިން މިލިއަން މީހުންނަށް ވުރެ ގިނަ ޢަދަދަކަށް ވޯޓްލައިފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އޮފިޝަލުން ހާމަކުރާ ގޮތުގައި ނަތީޖާއަކާ ހަމައަށް ދާން އެތައް ދުވަހެއް ހޭދަވާނެއެވެ.

މިހާރު ގުނަމުންދާ ވޯޓުގައި އެންމެ ފަހުން ޢާއްމުކުރެވުނު ނަތީޖާ ދައްކާގޮތުން އާއްމު އިންތިޚާބުގައި 70 އިންސައްތަ ވޯޓުން ކުރީގައި އޮތީ ޑިމޮކްރެޓިކް ޕާޓީގެ ޖޮން އޮސޮފްއެވެ. އޭނާއާ ވާދަކުރަނީ ރިޕަބްލިކަން ޕާޓީގެ ޑޭވިޑް ޕާޑިޔޫއެވެ. އަދި ޚާއްޞަ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމުގައިވާ ކަޅު ނަސްލުގެ ރަފާލް ވާނޮކް ވެސް ކުރީގައި އުޅެނީ 70 އިންސައްތައިގެ ކުރިއެރުމަކާ އެކީގައެވެ. އޭނާއާ ވާދަކުރަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކެލީ ލޮއެފްލާ އެވެ.

އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާނުކޮށް ޓްރަމްޕް އަބަދު ވެސް ބުނަމުން އައިސްފައިވަނީ ނާއިބުރައީސް މައިކް ޕެންސަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ރައްދުކުރުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ ނާއިބު ރައީސަށް އޮންނަ އިޚުތިޔާރެއް ނޫން ކަމަށް މިހާރު ވަނީ ޓްރަމްޕަށް އަންގައިފައެވެ. (ނިއުޔޯކްޓައިމްސް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *