ކޮރޯނާ ވައިރަހުގެ އާ ބާންޏެއްގައި އެތައް ހާސް ބަޔަކު ކޮރޯނާއަށް ފައްސިވެ، ކޮވިޑްގެ އާ ވޭދަނަތައް ފެނުމާ ގުޅިގެން އިނގިރޭސިވިލާތުގެ 56 މިލިއަން މީހުން އަލުން ފުރަބަންދެއްގައި ތިބޭ ގޮތަށް އެ ޤައުމުގެ ބޮޑުވަޒީރު ކަނޑައަޅުއްވައި އިއްޔެ އެކަން އިޢުލާނުކުރައްވައިފިއެވެ.
މި ފުރަބަންދާ ގުޅިގެން މަދަރުސާތައް ވެސް އިއްޔެއިން ފެށިގެން އިތުރު ހަ ހަފުތާއަށް ބަންދުވާނެއެވެ. މި ފިޔަވަޅު އަޅުއްވާން ބޮޑުވަޒީރު ނިންމެވީ ކޮވިޑްގެ ވޭދަނަތައް ކުއްލިއަކަށް އިތުރުވެ ދާދި އަވަހަށް ހަސްފަތާލުތައް ބޮއްސުންލައިފާނެ ކަމުގެ އިންޒާރު ޞިއްޙީ އިދާރާތަކުން ދިނުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގައި ކޮވިޑްގެ ބާރު ގަދަވެ އެ ޤައުމުގެ ރައްޔިތުން ވަނީ ކޮވިޑްގެ އާ ބާންޏަކާ ކުރިމަތިލާންޖެހިފައެވެ. މި ކަމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެ ގައުމުން އަންނަ މަތީންދާބޯޓުތަކަށް ސަރަހައްދީ އިން ބަނދުކޮށްފައެވެ.
(ނިއު ސްޓްރެއިޓްސް ޓައިމް، މެލޭޝިއާ)