Support Us

މެލޭޝިއާ – ފެންބޮޑުވެފައި

މިހާރު އޭޝިއާއަށް ކުރަމުންދާ ވިއްސާރައިގައި އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ މެލޭޝިއާގެ ބައެއް ސްޓޭޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މެލޭޝިއާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ޕަހަން ދާރުލްމަޢުމޫރަށެވެ. އެ ސްޓޭޓްގެ ކުއާންޓަން ސިޓީގެ "ބެރާ" އަވަށުން އެކަނި ވެސް ފެންބޮޑުވެގެން ހާލުގައި ޖެހުނު 33 ޢާއިލާއެއްގެ 133 މީހުން ރޭ އެކަނި ވެސް، ރައްކާތެރިކަމުގެ މަރުކަޒުތަކަށް ގެންދެވުނެވެ. ޙާލުގައި ޖެހިގެން ސަލާމަތްތެރި ސަރަހައްދުތަކަށް އެ ސިޓީއިން ގެންދެވުނު މީހުންގެ އަދަދު މިހާރު ވަނީ 17 ހާހަށްވުރެ އިތުރުވެފައެވެ. މިއަދު ހެނދުނު 8 ޖެހުމާ ހަމައަށް (މާލޭގަޑިން ފަތިހު 5:00) ހާލުގައި ޖެހިފައިވާ 4383 ޢާއިލާއެއް، ރައްކާތެރިކަމުގެ 241 މަރުކަޒަކަށް ގެންދެވިއްޖެއެވެ.

މެލޭޝިއާއިން މިހާތަނަށް ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބެރާއަށް ވުރެ "މަރަން" އަށް ލިބިފައިވާ ގެއްލުން އަދި ވެސް ބޮޑެވެ. ކުއާންޓަން ސިޓީގެ "މަރަން" އަވަށުން 1134 ޢާއިލާއަކުން 4561 މީހުން ވަނީ ސަލާމަތްތެރި މަރުކަޒުތަކަށް ގެންދެވިފައެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ކުރިމަތިލާންޖެހިފައިވާ ޕަހަންގ ދާރުލްމަޢުމޫރުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސިޓީއަކީ ކުއާންޓަންއެވެ. އެ ސިޓީއިން 9176 މީހުން ވަނީ ހާލުގައިޖެހިފައެވެ. މީގެ އިތުރަށް އެހެން ސިޓީއެއް ކަމަށްވާ ކްލާންޓަންއިން 1383 މީހުންނާއި، ސަބާހއިން 213 މީހުން ވެސް ވަނީ ސަލާމަތްތެރި މަރުކަޒުތަކަށް ގެންދެވިފައެވެ. މި ޕަހަންގ އަށް ކުރަމުންގެނދާ ވިއްސާރަ އަދިވެސް މައިތިރިއެއް ނުވެއެވެ. (ނިއު ސްޓްރެއިޓްސް ޓައިމް، މެލޭޝިއާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *