Support Us

އަހަރެއް ފެށުމުގައި، ޚިޔާލެއް

މަސްތަކުގެ ތާވަލް ފަށައިގެން ބާރަ ހަމަކޮށްފައި ކިޔަން
އަސްތަ، އަސްތާ! އަހަރެކޭ އައު ދެން އޮތީ ބުނެލާނެޔޭ

ބިސްމި ކިޔަމުން ހެޔޮދުޢާވެސް މެސެޖަކުން ދިއްކޮށްލަމުން
ބަސްމަގުން ފަށުއީގެ އޮފުކަން ދައްކަމުން ހީނލާނެޔޭ

ވަސް ނިކަން މީރޭ ބުނާ ފިނިފެން މަލެއް ސިފަވާގޮތުން
”ބޮސް“ ގެ ހިތްޕުޅު މަޑުކުރަން ކާޑެއް ސަފުން ފޮނުވާނެޔޭ

ދަސްކިޔަން ނުވެ ނަމުގެ ފަހަތަށް އިތުރު ވާހެން އަކުރު ތިން
ރުއްސުމަށް ފިސަރުންފުރޯ ތާރީފު ލިޔެ ފޮނުވާނެޔޭ

އުސް މަޤާމާ ބާރުތައް އަތުގައި އެ ހުރި ހުރިހައި ވެރިން
ޅޮސް އުނދޯއްޔަށް ލާނަމޭ ބުނެ ލަވަ ބަޔެއް މެ ކިޔާނެޔޭ

އައްސަވާށޭ! ބައްލަވާށޭ! ހެޔޮމަގުން ހަމަ ހިންގަވަން!
ފުއްސަވާނޭ، ދިންނަވާނޭ، ދަރުމަވެސް ގިނަވާނެޔޭ

އިސްކުރައްވައި ޞިދްޤު އިޚްލާޞާ އެކީ އައުދާނަކަން
ވިސްނަވައިގެން ”ކޮންމެ ދުވަހަކު ހެޔޮކަމެއް!“ މޮޅުވާނެޔޭ

ފަސްނުޖެހި އެންމެން އެކީ އެއް މަގުހިނގައި ފައިހަމަކުރަން
“ވިޝް” ކުރަން ހައްޓިވެ ފަހެއް ތިންސައްތަ ކުރިމަތިވާނެޔޭ

މަސްތަކުގެ ތާވަލް ފަށައިގެން ބާރަ ހަމަކޮށްފައި ބަލަން
އަސްތަ، އަސްތާ!  އެކުއުޅެން ދަޢުވަތު މިހެން ލިބިފައިވެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *