އެދުމަކާ ހެދިގެން މި"މަންމާ" ތިޔަ ގޮތަށް ވިއްކައި ނުލާ
ވެދުމަކަށް ނަމަވެސް ދަރިންނޭ ގަޞްދުގައި ދޫކޮށްނުލާ
މަންމައެއް ނުލިބޭނެޔޭ ގަންނާކަށެއް ބާޒާރަކުން
ރަން ކިރާ ބަރުދަން ބަލައި ދިނަކަސް ޔަގީނޭ ހަމަހިލާ
މައި ލަގޮނޑިއަށް ވާތަދެއް ނޭގޭނެޔޭ މަދަރިންނަކަށް
ހައިބަތާ ގަދަރާއި ހޯދަން މަންމަ ގުރުބާން ކޮށްނުލާ
ހެއްލިގެން ދުނިޔޭގެ ދަޅަޔަށް ހެޔޮ ނުވާނޭ ކަންކުރަން
ގެއްލިގެން އަބުރާއި ޢިއްޒަތް ދާނެކަން ވިސްނާނުލާ
މަންމައަށް ވުރެ ދަރިއަކަށް ބަލަ ހެޔޮ އެދޭނީ ކާކުހޭ؟
ކަން ވަމުން ދާ ގޮތް ބަލައި މި ކަމަށް ޖަވާބެއް ދީބަލާ
ކަރުނަ ނުހިކޭ މި ދެލޮލުން ކުރަމުން މިދާ ވިހައަސަރަކުން
އަރު ތެރޭން ފެން ފަނި ނުދިރެޔޭ،ފައިބަނީ ލޭ ކޯދުލާ
ހާދަހާ ބުރައެއް މަ އުފުލައި ފީމެ ވީ ދިގު ޢުމުރުގައި
މާދަމާ ވެސް މި ގޮތުގައި މިނިވަންވެ އޮތުމަށް ފާރަލާ
ފިތް ކަނޑައިގެން ދާވަރުގެ ހަދިޔާގެ ގޮނު ތައް ދޫކުރީ
ހިތްވަރާއެކު ނޫނެކޭ އަޅުވެތިކަމަށް ބުނެ ބާރުލާ
ޢިބުރަތެއް ޙާޞިލް ކުރާށޭ ފަސްމަގުންވީ ތިޔަ ކުދީން
ކިބުރުވެރިކަން، ޙަސަދަވެރިކަން،
ނުނިޔަތެއް ހިތުގައި ނުލައި މަންމަގެ މިއާދޭސް އަޑު އަހައި
ދުނިޔެ ހިނގަމުންދާ ގޮތާ މެދު ފިކުރުކޮށް ވިސްނާބަލާ
