Support Us

ޤުދުސް އޮންނާނީ އަހުރެމެންގެ ބާރުގެ ދަށުގައި: އިސްރާއީލުގެ ދިފާޢީ ވަޒީރު 

ސަޢޫދީ ޢަރަބިއްޔާގެ ނޫހެއް ކަމުގައި "އައްޝަރްޤުލް އައުސަޠު" އަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް މިދިޔަ ބުރާސްފަތި ދުވަހު ޚާއްޞަ ބަސްދީގަތުމެއް ދެއްވައިފިއެވެ. އޭނާ މި ބަސްދީގަތުމުގައި ވަރަށް ބޮޑާކަމާއި ފޮނިކަމާއެކު ވިދާޅުވިއެވެ. ((ޤުދުސް ސަހަރު އެއްކޮށް އޮންނާނީ އިސްރާއީލުގެ ފުރިހަމަ މުށުގެތެރޭގައެވެ. އެހެނަސް ފަލަސްޠީނުގެ ވެރިރަށް ޤާއިމު ކުރުމަށް ޓަކައި މި ސަހަރުން ކުޑަކުޑަ ތަންކޮޅެއް ދޭނަމެވެ.))

އޭނާ މި ބަސްދީގަތުމުގައި ހާމަކުރެއްވި ގޮތުގައި ޢަސްކަރީ މަސައްކަތްތަކެއް ކުރެއްވުމަށް ޓަކައި އޭނާ ވަނީ ގިނަ ޢަރަބި ޤައުމުތަކަކަށް ޒިޔާރަތްކުރައްވައިފައެވެ. އެހެނަސް އޭނާ މި ޒިޔާރަތްތައް ކުރެއްވީ ކޮން ހައިސިއްޔަތަކުން ކަމެއް ހާމައެއް ނުކުރައްވައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އޭނާގެ މިހާރުގެ އުއްމީދަކީ ފާޅުކޮށް މިފަދަ ޒިޔާރަތްތައް ކުރެއްވޭނެ މަގު އަވަހަށް ތަނަވަސް ވެގެން ދިޔުމެވެ. ބެނީ ގެންޓްސް އަކީ އިސްރާއީލުގެ މިއަދުގެ ސަރުކާރުގެ ދިފާޢީ ވަޒީރެވެ. އަދި އޭނާއަކީ އިސްރާއީލުގެ މިހާރުގެ ކޯލިޝަން ސަރުކާރުގައި ބަދަލުވާ އުޞޫލުން ދެން ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގަންނަވާނެ ސަރުކާރުގެ ދެވަނައަށް އެންމެ އިސް ފަރާތެވެ. އިސްރާއީލުގައި ޢާއްމު އިންތިޚާބެއް ނުބޭއްވި މިއަދުގެ ކޯލިޝަން ވެރިކަމުގައި ދެމި އޮވެއްޖެނަމަ ބެނީ ގެންޓްސްއަށް 2021 ވަނަ އަހަރުގެ ނޮވެންބަރުގައި ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް މިހާރުގެ ސިޔާސީ މަސްރަޙުގެ ހަލަބޮލިކަމަށް ބަލާއިރު މިއަންނަ މާރިޗު މަހުގެ ތެރޭގައި ޢާއްމު އިންތިޚާބެއް ބެއްވުމާ ބެހޭގޮތުން އިސްރާއީލުގެ ބަރްލަމާނު ކަނީސަތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

ގެންޓްސް ސަޢޫދީ ދުވަހު ނޫސް އައްޝަރްޤުލް އައުސަޠާ ވާހަކަފުޅު ދައްކަވަމުން ވަރަށް ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. ((ޤުދްސު އޮންނަން ޖެހޭނީ އެއް ސަހަރެއްގެ ގޮތުގައި އިސްރާއީލުގެ ދަށުގައެވެ. އެ ބިމުގެ ތަންކޮޅެއްގައި ފަލަސްޠީނުގެ ވެރިރަށް ޤާއިމު ކުރެވިދާނެއެވެ.)) އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((ފަލަސްޠީނު މީހުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ތަންކޮޅެއް ބޭނުންވާނެއެވެ. ދައުލަތެކޭ ކިޔަސް ރަސްކަމެކޭ ކިޔަސް މަސްއަލައެއް ނެތެވެ. އެމީހުން ބޭނުންވާ ނަމެއް ކިއިދާނެއެވެ. އެމީހުންނަށް ވެސް ވެރިރަށެއް ލިބެންޖެހޭނެއެވެ. އެމީހުންނަށް ވެސް މިނިވަންކަން ލިބެން ޖެހޭނެއެވެ.))

ގެންޓްސް ހާމަކުރެއްވި ގޮތުގައި 1977ވަނަ އަހަރު މިޞްރުގެ ރައީސް އަންވަރުއް ސާދާތު ތައްލު އަބީބަށް ޒިޔާރަތް ކުރެއްވިއިރު ސާދާތު ދަތުރުކުރެއްވި ރަސްމީ ކާރުކޮޅު ޙިމާޔަތްކުރުމުގެ ޓީމުގައި އޭނާއަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ހުޅަނގު އައްސޭރީގެ އުރްދުންގެ ޣައުރު (ތިރި ބިންތައް) ސަރަޙައްދަކީ އިސްރާއީލުގެ ދިފާޢީ ބޭނުންތަކަށް ޓަކައި އިސްރާއީލަށް ވަރަށް މުހިއްމު ބިމެކެވެ. މިހާރު އިސްރާއީލުން ހިފާފައިވާ އެ ބިން (30 އިންސައްތަ) އެކަށް ނުލިބުނަސް ފުއްދައިލެވިދާނެއެވެ. އެ ސަރަޙައްދަކީ ފެނާއި މަޢުދަނުގެ މުއްސަނދިކަން ލިބިފައިވާ ބިމެކެވެ.

ގެންޓްސް އޭނާގެ މި ޚާޢްޞަ ބަސްދީގަތުން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެކަށީގެންވާ މުނާސަބު ޖޯގްރަފީއެއްގެ ތެރޭގައި "ފަލަސްޠީނުގެ ކިޔާނެއް (އެންޓިޓީއެއް) ހެދިދާނެއެވެ. އެއްވެސް ހުރަހެއް ނެތި އެމީހުންނަށް އެ ތަންކޮޅުގައި އަރާމުގައި އުޅެވިދާނެއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި "އިސްރާއީލު ބޭނުން ވަނީ އަމާންކަމަށެވެ. އަހުރެމެންގެ އަމްނާއި އަމާންކަން ދެމެހެއްޓުމަށް ޓަކައި އެ ކިޔާނުގެ އެތެރޭގައި ފާރަލުމަށާއި ބެލެހެއްޓުމަށް ނުކުތާތަކާއި  މަރްކަޒުތައް ހަދަން  ބޭނުންވާނެއެވެ."

މި ބަސްދީގަތުމުގައި ގެންޓްސް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް "ސުލްޙައިގެ މަގަށް" ނުކުމެ ވަޑައިގަތުމަށް ގޮވައިލެއްވިއެވެ. ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭ އެއްބަސްވުންތައް ހަދަމުންދާތީ އެ މަގު މިހާރު ވަނީ ހުޅުވި ފަހިވެފައިކަމަށް  ގެންޓްސް ވިދާޅުވިއެވެ.

ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭ މަސައްކަތުގައި ކުގައި ގެންޓްސް ވަނީ އެކަހެރިކުރެވިފާ

  ގެންޓްސް އަކީ އިސްރާއީލު ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބުކަމުގައި ވިޔަސް ޢަރަބީންނާއެކު ގުޅުންތައް ޠަބީޢީ ކުރެއްވުމަށް ބޮޑުވަޒީރު ނަތަންޔާހޫ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ގެންޓްސް ބައިވެރިއެއް ނުކުރައްވައެވެ. ގެންޓްސް ވިދާޅުވެފައިވާ ގޮތުގައި ގަލްފްގެ ބައެއް ޤައުމުތަކާއެކު އިސްރާއީލުން ސިޔާސީ ގުޅުން ޤާއިމު ކުރި ޚަބަރު އެނގިވަޑައިގަތީ ޚަބަރުފަތުރާ ދާއިރާތަކުންނެވެ. މި ދިޔަ ހަފުތާގައި، މަޣްރިބާއި އިސްރާއީލާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނު ޚަބަރު ލިބިވަޑައިގަތީ ވައިޓްހައުސްއިންނެވެ.

    މި ދިޔަ ނޮވެންބަރު މަހު ނަތަންޔާހޫއާއި އެމެރިކާގެ ޚާރިޖީ ވަޒީރު ސަޢޫދީ ޢަރަބިއްޔާގައި ސަޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރެއްވި ބައްދަލުކުރެއްވުން ވެސް ނަތަންޔާހޫ ވަނީ ގެންޓްސްއަށް ސިއްރުކުރައްވައިފައެވެ. އެހެންކަމުގައި ވިޔަސް އިސްރާއީލާއެކު ޢަރަބިން ގުޅުންތައް ޠަބީޢީ ކުރަމުންދާ ދިޔުމާމެދު ގެންޓްސް ބައްލަވަނީ ފައްސި ގޮތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި "ޢަރަބީންނާނުލައި ޝާމިލު އަދި ފުރިހަމަ ޞުލްޙައެއް ޤާއިމެއް ނުކުރެވޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *