Support Us

އެންތަނީ ބްލިންކެން އަދި އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑްން (ވ)

އިސްރާއީލް، ފަލަސްޠީން، އީރާނުގެ ނިޔުކްލިއަރ މަސްއަލައާ މެދު އާ ޚާރިޖީ ވަޒީރު ދެކެވަޑައިގަންނަވަނީ ކިހިނެއް؟

ރައީސް ޖޯ ބައިޑްންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމަށް އިސްކުރުމަށް ހަމަޖެހިފައިވާ އެންތަނީ ބްލިންކެން ރައީސް ބައިޑްންގެ ވެރިކަމުގައި އެމެރިކާއިން އިސްރާއީލާއި ފަލަސްޠީނާއި އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ. އޭޕްރީލް، 16، 1962 ގައި ދުނިޔޭގެ އަލިކަން ދެެވަޑައުގަތް ބްލިންކެން އަކީ ޔަހޫދީއެކެވެ. ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލު ކުރައްވާފައިވާ ސިޔާސީ ތަޖްރިބާކާރެކެވެ.

"އިސްރާއީލަށް ޓަކައި މަސައްކަތްކުރާ ޑިމޮކްރެޓުންގެ އަޣްލަބިއްޔަތު" ޖަމްޢިއްޔާއިން ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުގެ އަމްނާއި އަމާންކަމަކީ ބައިޑްންގެ ހިތްޕުޅުގައި ވަރަށް އިސްކަމެއް ދެވިފައިވާ ޙައްސާސު މަސްއަލައެކެވެ. ބައިޑްން އަކީ އިސްރާއީލުގައި ބޮޑުވަޒީރުކަން ކުރެއްވި ވަރަށް ގިނަ ބޭފުޅުންނާއެކު ވަރަށް ގާތް ގުޅުމެއް ބޭއްވެވި ސިޔާސީ ބޭފުޅެކެވެ. ގޯލްޑާ މާއީރުގެ ޒަމާނުން ފެށިގެން އިސްރާއީލުގެ ސަރުކާރުތަކާއެކު  އިސްރާއީލަށް އަސަރުކުރަނިވި ހުރިހާ މައުޟޫޢުތަކެއްގައި ބައިޑްން ވަނީ މުހިއްމު ދައުރެއް އަދާކުރައްވައިފައެވެ.

ދެ ދައުލަތުގެ ޙައްލަށް ތާއީދު

ބްލިންކެން ވަރަށް ބާރުލައްވާ ވިދާޅުވިގޮތުގައި ދެ ދައުލަތުގެ ޙައްލަށް ރައީސް ބައިޑްން ތާއީދު ކުރައްވައެވެ. އަމާންކަން ލިބިފައިވާ ދީމުޤްރާޠީ ޔަހޫދީ، ދައުލަތެއްގެ ގޮތުގައި އިސްރާއީލަށް ކުރިމަގުގައި ދެމިއޮތުން ޖާމިނުކޮށްދޭ ބަހާއަކީ މި ޙައްލު ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙައްލުގެ ސަބަބުން ފަލަސްޠީނު މީހުންގެ ޤާނޫނީ ޙައްޤުތައް ވެސް އެމީހުންނަށް އިސްރާއީލު އެދޭ ގޮތަށް ލިބޭނެއެވެ.

އެންތަނީ ބްލިންކެން އަދި އިސްރާއީލިގެ ބޮޑުވަޒީރު ނަތަންޔާހޫ (ކ)

ބްލިންކެން ވިދާޅުވިއެވެ. ((ރައީސް ބައިޑްން އިސްރާއިލުގެ ޢަސްކަރީ މޮޅުކަމާއި ބާރުވެރިކަން އަބަދުވެސް ޖާމިނުކޮށް ދެއްވާނެއެވެ. އަދި މި ދެ ދައުލަތާއެކު ޢަސްކަރީ އަދި ޖާސޫސީ އެއްބާރުލުން ބާއްވަވާނެއެވެ. ދެ ދައުލަތުގެ ޙައްލު އުވާލައިފާނެ އެއްވެސް ފިޔަވަޅެއް އެއިން އެއްވެސް ދައުލަތަކުން އެކަހެރި ގޮތަކަށް އެޅުން މަނާ ކުރައްވާނެއެވެ. ފަލަސްޠީނު ސަރުކާރަށް އެމެރިކާގެ އެހީ އަލުން ދެއްވަން ފަށްޓަވާނެއެވެ. އަދި އިރުމަތީ ޤުދްސުގައި ހުރި އެމެރިކާގެ ކޮންސްލޭޓް އަލުން ހުޅުއްވަވާނެއެވެ. ޓެލަރ ފޯރސްގެ ޤާނޫނުގެ ދަށުން އެމެރިކާއިން ފަލަސްޠީނު މީހުންނަށް އިންސާނީ އެހީތަކާއި އިޤްތިޞާދީ އެހީތައް ދޭން ވެސް ފަށާނެއެވެ.))

ބްލިންކެން ކަށަވަރުކޮށް ދެއްވި ގޮތުގައި ((މުންތަޚަބު ރައީސް ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ތަންތަނަށް ހެދުމާ ދެކޮޅު ހައްދަވައެވެ.))

ހަމަ މިމޭރުމުން އޭނާ ހަރުއަޑުފުޅުން ((ހަރުކަށި ޢަމަލުތައް ހުއްޓައިލުމަށާއި އެކަހެރި ގޮތަކަށް އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ފިޔަވަޅެއް ނޭޅުމަށް ގޮވައިލެއްވިއެވެ.)) ރައީސް ބައިޑްން ދެ ފަރާތުގެ ދެމެދުގައި އިތުބާރު ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް ވަގުތު ހޭދަވާނެ ކަމަށް ބްލައިކެން ވިދާޅުވިއެވެ. މި ކަން ކާމިޔާބުވާނެ ކަމަށް ލަފާކުރެއްވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޓްރަމްޕްގެ ޒަމާނުގައި އދގެ މުއައްސަސާތަކުގައި އެމެރިކާގެ އިޙްތިރާމު ވެއްޓިފައިވާ ކަމަށާއި މި އިޙްތިރާމާއި މަޤާމު އެމެރިކާއަށް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އިސްރާއީލު ދިފާޢު ކުރުމަށާއި އިސްރާއީލަށް ބޭނުންވާ ވާގިދިނުމުގައި އެމެރިކާ ދެމި އޮންނާނެއެވެ. އެހެނަސް "މި މުއައްސަސާތަކުން ދޭ ޙަމަލާތަކުން އިސްރާއީލު ދިފާޢު ކުރުމުގެ ޤާބިލުކަން" އެމެރިކާއަށް ލިބގެންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނަސް މި ފަދަ ކޮންމެ ޙަމަލާއަކަށް އެމެރިކާއިން ވަރަށް ވަރުގަދައަށް ރައްދުދޭނެ ކަމަށް އެމެރިކާގެ ކުރިމަގީ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިއެވެ.

އީރާނު ފައިލް

އެމެރިކާ އީރާނާއެކު އެއްބަސްވެފައިވާ ނިޔްކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ "ވަރަށް ދެރަ ކަމެއް" ކަމަށް އޭނާ ސިފަކުރައްވައި އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "އެމެރިކާގެ ސިޔާސަތު ވަނީ ވަރަށް ބޮޑަށް ނާކާމިޔާބު ވެފައެވެ." އެކަމުގެ ސަބަބުން އީރާނަށް އެ ޤައުމުގެ ނިޔްކްލިޔަރ ޕްރޮގްރާމް ތަރައްޤީ ކުރުމަށް މަގު ފަހިވިއެވެ. ވާހަކަދެއްކުމަށް ޓަކައި އީރާނު މޭޒު ދޮށަކަށް ނުގެންދެވުނެވެ. އެއީ ސޫރިޔާއާއި ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އިތުރު ހިރާސަށް ހާސާވެގެން ދިޔަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް މިކަމުގެ ސަބަބުން އެމެރިކާއާއި އެ ޤައުމުގެ ޔޫރަޕްގެ އެކުވެރީންނާ ދުރުވެގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ބެހޭގޮތުން ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުން އެމެރިކާ ބޭރަށް ނުކުތުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ބޭނުންވާ އިޖްމާޢު ދެނެއް ނުލިބޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި "އަހުރެމެންނަށް އެ އެއްބަސްވުމުން ބޭރަކަށް ނުނުކުމެވެވޭނެއެވެ. އަދި އީރާނުގެ އޮޅުވައިލުންތަކުން އަހުރެމެން ޙިމާޔަތްކޮށްދޭނެ މެކޭނިޒަމެއް ވެސް އަހުރެމެންނަށް ލިބިގެން ނުވެއެވެ." މި އެއްބަސްވުމުގެ މުއްދަތު ވަނީ މީގެ ދެ މަސް ދުވަސް ކުރިން ހަމަވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *