ހުސެންގެ ފުން ނަޒަރުން ތިޔަ ކުރާ ސުވާލު އެނގޭ!
އެ ސިއްރުތައް އަމުދުން ފަނޑުކުރާ މި ޙާލު އެނގޭ!
ތިބާގެ މެއިން މިނިވަންކަމުގެ އަގު އަދާކުރުމުން
ތިބާ ފުރާނަ މި ފަސްގަނޑުގެ ބަދަލަކަށް ދިނުމުން
ނުބައި ސުލޫކު އެކަން ސިފަކުރާ ޚިޔާލު އެނގޭ!
ހުސެންގެ ފުން ނަޒަރުން….
ދަމާލުމުން ދިގު ރަތް ދޫލަ ދުޝްމަނީ ވިހަ ލޭން
އަމާން ދިނީ އައި ބާޣީން ނަގާވަރުން ދިލަ މޭން
ޒަމާން ބަދަލުވެ މި ވީ ގޮތް ރެޔާ ދުވާލު އެނގޭ!
ހުސެންގެ ފުން ނަޒަރުން…
އެހާރު ބާޣީން ޣާޒީން ކަމަށް މިއަދު ވެވުމާ
އެހާރު ޣާޒީން ބާޣީން ކަމަށް މިއަދު ހެދުމާ
މިހާ އުދާސް ތިޔަ މޭގައި ވި ހިތުގެ ތާލު އެނގޭ!
ހުސެންގެ ފުން ނަޒަރުން…