އިއްޔެގައި މާ މޮޅުކަމެއް އަނެކާގެ އަބުރަށް އެރުމަކީ
ވެއްޖެޔޭ އަދު ހުތުރު ކަމަކަށް އެ ފަދަ އެކަންތައް ކުރުމަކީ
އިއްޔެގައި ރިޝްވަތު އެއީ ކުށެކޭ ތިމާ ކުރިޔަސް އެކަން
ވެއްޖެޔޭ އަދު ޝަރަފަކަށް ރިޝްވަތުގެ ބޭނުން ކުރުމަކީ
އިއްޔެގައި ޝަރުއީ ނިޒާމޭ ބުނެލުމީވެސް ގޯހެކޭ
ވެއްޖެޔޭ އަދު ފަރުޟަކަށް، މީ ހޭ އެބުނި އިންސާފަކީ
އިއްޔެގައި ފުލުހުން ސިފައިންނީ ދުޝްމަނުން ކަމުގައިވެފައި
ވެއްޖެޔޭ އަދު ފަޚުރަކަށް މީބާ ގޮނޑިން ދޭ އަސަރަކީ
އިއްޔެގައި ބޮއިކަޓް ކުރަން ގޮވަމުން އެދިޔަ މީސްމީހުނަށް
ވެއްޖެޔޭ އަދު ގޯހަކަށް އެގޮތަށް އެ ވާހަކަ ބުނުމަކީ
އިއްޔެގައި ބާރޭ ހަތަރުވަނަ މެދުނުކެނޑި ގޮވި މީޑިއާ
ވެއްޖެޔޭ އަދު ހަތުރަކަށް ބަލަ މީތަ ދޭން ބުނި ބާރަކީ
އިއްޔެގައި ގައުމީ ކަމެއްތާ އިޙުތިޖާޖަށް ނުކުތުމީ
ވެއްޖެޔޭ ބޮޑު ޖުރުމަކަށް އަދު މީ ދަރީންނޭ ޙާލަކީ
އިއްޔެއާ މިއަދުގެ ތަފާތަށް ފިކުރުކޮށް ވިސްނާލުމުން
ވެއްޖެޔޭ އަދު ޖޯކަކަށް މީ ބުއްދި ގެނުވި ޖަވާބަކީ
