Support Us

ހޮޅުއަށީގެ އަޑު!

ހޮޅުއަށީގައި މާ މޮޅިން އޮންނެވިޔެ ދޮންއަލި ތަކުރުފާނު
ދޮޅުދަމަށް އިރު އެރިތަނާ އަތުވެއްޖެ އެތަނަށް މަނިކުފާނު

ކޮން ކަހަލަ ފިކުރެއް ކުރައްވަންތޯ އެކަނި ތިޔަ އޮންނެވީ
ދެންނެވީ ދޮން އަލިތަކުރުފާނުގެ އަރިހުގައި މަނިކުފާނު

މަޑުމަޑުން ތެދުވަންނަވާ ހަމަ ޖެހިިލަމުން ހިނިތުންވެފައި
އަޑުއެހުން އެދެމޭ މިވާހަކަ ދެންނެވީ އަލި ތަކުރުފާނު

އިސްވެ ދިޔަ މާޒީއަށާ މިއަދުގެ ތަފާތަށް ފިކުރުކޮށް
ވިސްނަވާ ލެއްވީމުތޯ ބަލަ އެއްފަހަރުވެސް މަނިކުފާނު

ކިހިނަކުން ވާރުތަވެގެން އައި ތަރިކައެއް ތޯއޭ މިއީ
މިހިރަގެން އަދު ބީވަނީ، ދެންނެވިޔެ ދޮން އަލި ތަކުރުފާނު

އޭރު އޮތް މިނިވަންކަމާ އެކުވެރިކަމާ އަދި ޞުލްޙަޔާ
ބޭރުކޮށްލައިފިޔެ ތަނުން އަދު ދެނެހުރީމުތަ މަނިކުފާނު

އެއްގަމާ އެކު ކަނޑުފަޅާ ފަރުގިރިތަކާ ކަނޑުއޮޅިތަކާ
ވިއްކަމުން ގޮސް ހުސްކުރާއިރު ދެރަނުވޭހޭ މަނިކުފާނު

މާދަމާގެ ދަރިން އުޅެންޖެހިދާނެ ޙާލަތު ސިފަވުމުން
ހާދަހާ ހިތްދަތިވެޔޭ އެ ބުނުއްވަނީ އަލި ތަކުރުފާނު

މީ އެ މިކުރާ ފިކުރަކީ އަހުރެން ރެޔާއި ދުވާލުގައި
މީގެ ބިރުވެރިކަން ވަޒަންވާތީ އިނގޭތޯ މަނިކުފާނު

ޣަދަރުވެރިވާންވެސް މިއީ ދެން ތަންފުކެއް ބޮޑުވަރު އިނގޭ!
މަދަދުވެރިވާ ބަޔަކު ބުނެގެން ވެސް ދޮގެއްތޯ މަނިކުފާނު

ނިޔަތުގައި ތެދުވެރިކަމެއްނެތި ކަންކުރާ މަންޒަރު ބަލަން
ކިޔަމަނުން ހަމަ ހަނުތިބެންވީހެއްޔެ އަދިވެސް މަނިކުފާނު

ނޫނެކޭ މާ މައްޗަށޭ ތިޔަހަރަ ދަނީ ކަންކަން މިހާރު
މޫނަކަށް ކަނދުރާއަކަށް ނުޖެހޭ ބަލާކަށް ރަސްގެފާނު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *