Support Us

ތަފާތު ހުނަރުތަކާއެކު ތިނަދޫގައި ޒުވާނުންގެ ޝޯ ބާއްވައިފި

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ޚާއްޞަ ޝޯއެއް ގދ. ތިނަދޫގައި ރޭ ބާއްވައިފިއެވެ.

ތިނަދޫ ސްޓޭޑިއަމްގައި ބޭއްވި މި ޝޯގައި ބޮޑުބެރު, ލައިވް މިއުޒިކް، ކަރޯކޭ އަދި ނެށުމުގެ ހުނަރު ފެނިގެން ދިޔައެވެ. ގިނަ ޒުވާނުންތަކެއްގެ ހުނަރު ދައްކާލި މި ޝޯގައި ޖުމްލަކޮށް ފެނިގެން ދިޔައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ފަންނާނުގެ ބައިވެރިވުމެވެ.

ތިނަދޫގައި އަލަށް ބޭއްވި މި ފަދަ ޝޯގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ބޮޑުބެރުގެ ހުނަރު ކަމަށް ވީނަމަވެސް ގިޓާ ކުޅެމުން ލަވަ ހުށަހަޅާލި ޅަ ޒުވާނުންގެ މޮޅު ހުށަހެޅުމަށް ވެސް ވަރަށް ބޮޑު ތަރުތީބެއް ލިބިގެންދިޔައެވެ. ޝޯ ބަލަންދިޔަ މީހަކު ބުނީ އެ ކުދިންގެ ހުރިހާ ހުށަހެޅުމެއް ވެސް ވަރަށް ސަޅި ކަމަށެވެ.

"ކުރަންވީ ކަމަކީ މިއަށްވުރެވެސް ފުޅާ ދާއިރާއެއްގައި، ރަނގަޅު ވަސީލަތްތަކާ އެކު އެ ޒުވާނުންގެ ހުނަރު ދައްކައިދޭނެ ގޮތެއް ހަދަންވީ،" އޭނާ ބުންޏެވެ.

ތިނަދޫ ކޮމިއުނިޓީ ސެންޓަރާއި ތިނަދޫ ސްޓޭޑިއަމް ގުޅިގެން ބޭއްވި މި ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޝޯ ނިންމާލުމަށް ފަހު "އަދިވެސް" މައުލޫމާތު ދެމުން ޝޯގެ ބައިވެރިޔަކު ބުނީ ތިނަދޫ ފަދަ ބޮޑު ރަށެއްގައި ސްޓޭޖެއް ނެތުމާއި ރަނގަޅު ސައުންޑް އަދި ލައިޓް ނެތުމުން ވަރަށް ބޮޑަށް އުނދަގޫ ވެގެންދިޔަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް