ނޭނގޭ ކަން ނޭނގުމަކީ އޭ ތާއޭ ނޭނގުމަކީ
ނޭނގޭތީ ބުނެދޭއިރު ނޭނގުން މީ ދެރަކަމަކީ
ކަނޑުއޮޅިއެއް މެދުއޮޅިއެއް މެދުއޮޑިއެއް މަތިފަޑިއެއް
ބަނޑުއޮޑިއެއް ބަނޑު ރިޔަލެއް ނޭނގުން މީ ކަނުކަމަކީ
ފަރުގިރިއެއް ފުށްގިރިއެއް ވަށްގިރިއެއް ލޯގިރިއެއް
ނަރުކެނޑިއެއް ދަޅުކެނޑިއެއް ނޭނގުން މީ ބޮޑުކަމަކީ
ވަރުވާއެއް ވިރުވާއެއް ކިރުވާއެއް ހިރުވާއެއް
ދިރުބާއެއް ގިރުނބާއެއް ނޭނގުން މީ ގަބު ކަމަކީ
ނާމާނެއް ދަންމާނެއް ފަރުމާނެއް ހުންގާނެއް
ސާމާނެއް ހާމާނެއް ނޭނގުން މީ ކޮސް ކަމަކީ
ކަންވާރެއް ގޮއެވާރެއް ގުލްހާރެއް ގުލްޒާރެއް
ހަންހާރެއް ތަލްވާރެއް ނޭނގުން މީ މޮޔަކަމަކީ
އިންސާނެއް ޙައިވާނެއް ފައިވާނެއް ބަލިމާނެއް
ޣިލްމާނެއް ސައިތާނެއް ނޭނގުން މީ ގެއްލުމަކީ
ޒިންމާއެއް އިހުމާލެއް އިތުބާރެއް އިގުރާރެއް
އިންޢާމެއް އަންޢާމެއް ނޭނގުން މީ ވެއްޓުމަކީ
