ދާނުގައި ރޭ ހަތަރު ދަން ފާއިތުވި އިރުވެސް ނުނިދުނޭ
ވާނުވާ ވިސްނޭވަރުން ކަން ބޮޑުވެ ފުރޮޅެން އޮވެވުނޭ
ފެންނަނީ ލޯ މެރިލުމުން ބިރުވެރި ކަމުގެ މަންޒަރުތަކޭ
ގެންދަނީ ގަދަ ބާރަކުން އެ ދިމާއަށޭ، ތެޅި ގަނެވުނޭ
ކަށި ހަފާ ކާތަން މަށަށް ދެބަ ދޭތެރޭން ސިފަވާންފެށީ
ހަށިގަނޑުގެ ގުނަވަންތަކުގެ ޙަރަކާތް އެކީގައި ހުއްޓުނޭ
ލޭ ބޮމުންދާ ސޫފިތައް އެކިވަރުގެ މުޅިތާ އުތުރެނީ
ދޭ އެ އަނިޔާ އެސޮރުމެން،ދުލަކަށް ބުނާކަށް ނޭނގުނޭ
ރަޙުމުނެތް ވަކިތަކުގެ ދަށުލައިގެން ނޮޅާ ކާއިރު ބަލަން
އަހުރެނަށް ބަސް ހުއްޓިފައި ޙައިރާން ކަމެއްގައި ހުރެވުނޭ
މަދަދަކަށް އެދިގެން ގޮވާލަން އަނގަ މަގޭ ހުޅުވާލުމުން
ގަދަކަމުން އަނގަ ބަންދުކޮށް ބާރަށް ނިކަން ކަނު ބަނދެވުނޭ
ހީވެޔޭ އަހަރެންގެ ޖަންނަތު ބީވަނީއޭ ދުނިޔެއިން
މީ ވެވޭ ތަޢުބީރަކީ ހިތަކުން މި އަސަރެއް ނު ކެނޑުނޭ
