ދިވެހި ގައުމަށްވުރެ ބިދޭސީންނަށް ރަނގަޅު ޤައުމެއް ނުވާނެ،
ދިވެހިނަށްވުރެ ވެސް ވަޒީފާގައި ބިދޭސީން ގަދަ ވެވޭނެ
ލޭބަރެއްގެ ގޮތުން އެ ޤައުމަށް އެތެރެ ވާންވެސް ރަނގަޅުވާނެ
އޭގެފަހުގައި "ކުންފުނީ ސީ.އީ.އޯ" އަކަށްވެސް ހަމަ! ވެދާނެ
މިނެ ކިރަން ޝޮޕްގައި އުޅޭތާ ތިން ހަތަރު މަސްވާ އިރަށް،
މިލިޔަނުން އިސްޓޮކު މުދާ ހުރި ގުދަނު ތަޅުދަނޑިފަތި ލިބޭނެ
މާރުކޭޓުގެ ގޮޅިތެރޭ "ފެން ފިހިލުމަށް" އަދި ބޭންދިޔަސް،
ސާދަ، ފަނަރަ، ދުވަސް ތެރޭ، އެ ގޮޅީގެ ބޮޑު ސޭޓަށް ވެވޭނެ
ވިހި ތިރީސް މިލިޔަނުގެ ކެޕިޓަލްގައި، އެ ހިންގާ ބޮޑުފިހާރަ،
ވިހި ތިރީސް ދުވަހުގެތެރޭ، ތަޅުދަނޑި އަތަށް ދީވެސް ހަދާނެ
އެންމެ ފުރަތަމަވެސް އައިސް، ފައިމަގު ހިނގައި އުޅުނެއް ކަމަކު،
ތިން ހަތަރު ދުވަހުގެތެރޭ "ބޮސް" ދުއްވި ސައިކަލްވެސް ލިބޭނެ
ގޭގެ ވޮޗަރު ކަމަށް އިނަސް، މުދަލާ ތަކެތި ބެލެހެއްޓުމަށް،
ބޭބެ ކައިރީ "މެޑަމް" ބުނެގެން، ކޭޝިޔަރަކަށް ބަދަލުވާނެ
ހޭ ހުރިއްޔާ ދިވެހި ގައުމަށް ނޫން، އެހެން ދެން، ގައުމަކަށް،
ބޭނުމެއް ނޫން! ބޭރުމީހަކު ދެން މިނޫން ތަނަކަށް ނުދާނެ
