Support Us

މުހުތާޒުގެ ރައްދެއް ރައީސް މައުމޫނަށް: ކޮންގްރެސްގައި 1200 މެމްބަރުން މޭމަތީގައި އަތް އެޅުމުން، ސިޔާސީ ބައެއް ބޭފުޅުން ކަންބޮޑުވެއްޖެ

ރޭ އޮތް ޕީ.އެން.ސީގެ މަތީ މަޖިލިސްގެ އިފްތިތާހީ ޖަލްސާގައި ގައުމީ ސަލާމް ކިޔުމުގައި 1،200 މެމްބަރުން މޭމަތީގައި އަތް އެޅުމުން، ސިޔާސީ ބައެއް ބޭފުޅުން ކަންބޮޑުވަޑައިގެންފި ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެއްޖެއެވެ.

ފުންނާބު އުސް ގާނޫނީ ވަކީލުގެ މި ފާޑުވިދާޅުވުން އައީ ކޮންގްރެސް ޕާޓީގެ ޖަލްސާ ނިންމުމުގެ ގޮތުން ގައުމީ ސަލާމް ކިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ޕީ.އެން.ސީ އާއި ސަރުކާރުގެ ލީޑަޝިޕް ހިމެނޭހެން 1،200 އަށްވުރެ ގިނަ މެމްބަރުން މޭމަތީގައި އަތް އަޅައިގެން ތިބިތަން ޓީވީތަކުން ލައިވްކޮށް ދެއްކިތާ ގިނަ އިރުތަކެއް ނުވެ، ރައީސް މައުމޫން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ދެ ޖުމްލައިގެ ކުރު އެ ޓްވީޓުގައި ރައީސް މައުމޫން ވިދާޅުވީ "ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ޤާނޫނެއްގައިވެސް ނުވަތަ ޤަވާޢިދެއްގައިވެސް އޮންނަ ކަމެއް ނޫން" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ.

ރަން 30 އަހަރުގެ ބާނީ އިސްކޮށް ހުންނަވައިގެން 2019 ވަނަ އަހަރު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އަށް 3،000 މެމްބަރުން ހަމަނުވެގެން މިދިޔަ އަހަރުގެ ޖަނަވަރީގައި ވަނީ އުވައިލައިފައެވެ. ނަމަވެސް ކިރިޔާ ތިން ހާސް ހަމަވާ ޕީ.އެން.ސީގެ ޓިކެޓްގައި ނުކުންނަވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވާދަ ކުރައްވައި، އިންތިހާބުގައި ކާމިޔާބު ކުރައްވައި، ރައީސް ކަމަށް ވަޑައިގެން ދެ އަހަރާއި ބައިގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 80 ހާހަށް މަތިކުރައްވައިފައެވެ. ރޭ ޓީވީތަކުން ވަގުތުން ދައްކަމުން ދިޔައީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ބިޔަ، ބޮޑު ޕާޓީގެ ދެވަނަ ކޮންގްރެސް ޖަލްސާއެވެ.

ސިޔާސީ ކަންކަމަށް ދޭތެރެއަކުން ފާޑުވިދާޅުވަމުން ވަޑައިގަންނަވާ ރައީސް މައުމޫނަކީ ހަނދާއި ތަރިކަތަކުގެ އިލްމާ ބެހޭ ގޮތުން ގިނަ ލިޔުއްވުންތަކެއް ލިޔުއްވައިފައިވާ، ފަލަކީ ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ.

ރައީސް މައުމޫނުގެ ރޭގެ ޓްވީޓަށް ރައްދު ދެއްވައި، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބު މިއަދު އެފް.ބީގައި ވިދާޅުވެފައި އެވެ.

މުހުތާޒު މުހުސިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސަލާމް ކުރައްވަނީ

"ކޮންގްރެސް ޖަލްސާގައި ބައިވެރިވި 1200 މެމްބަރުން އެކުގައި މޭމަތީގައި އަތް އެޅުމުން، ސިޔާސީ ބައެއް ބޭފުޅުން ކަންބޮޑުވެވަޑައިގެން އުޅުއްވާ ވާހަކަ އަޑުއެހިން. ނަމަވެސް، ގާނޫނާއި ގަވައިދުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމަކީ ކުރުން މަނާ ކަމެއްގެ ގޮތުގައި އެއްވެސް ލިޔުމެއްގައި ބަޔާންކޮށްފައެއް ނެތް. ހަމައެފަދައިން، ކޮންމެ ރޯދައަކާއި އީދެއް އައުމުގެ ކުރިން، ފަލަކީ ހިސާބުތަކަށް ބަލައި އާންމު ފަރުދުން ހަނދާ ގުޅޭގޮތުން ރައުޔު ފާޅުކުރުމަކީވެސް ވަކި ގާނޫނަކުން ނުވަތަ ގަވައިދަކުން މަނާކޮށްފައިވާ ކަމެއް ނޫން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް