ރާއްޖޭގެ ދެކުނުގައި އެސްޓީއޯގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް ކުލަގަދަކޮށް ބާއްވައިފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ހަ ދުވަހަށް ކުރިއަށްދިޔަ މި އިވެންޓުތަކުގައި ބައިވެރިވެފައި ވަނީ އެސްޓީއޯ ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ސ. ހުޅުމީދޫ އަދި އައްޑޫސިޓީގެ މުވައްޒަފުންނެވެ.
ކުޅިވަރުގެ ތަފާތު މުބާރާތްތަކާއި ޓްރެއިނިންތައް ވެސް ހިމެނޭހެން ކުރިއަށްގެންދިޔަ މި ހަރަކާތްތައް ބާއްވައިފައި ވަނީ ފަސް ޓީމަކަށް ބަހާލައިގެން ޕޮއިންޓް ދީގެން އެންމެ މޮޅު ޓީމު ހޮވާ ގޮތަށެވެ. އެގޮތުން ވޮލީބޯޅަ، ޗެސް، ބެޑްމިންޓަން، ޓީޓީ އަދި ކެރަމް މުބާރާތް ބާއްވައި ވަނަތައް ހޮވިއެވެ. ދެކުނު ފޯރީގައި ބައިވެރިވި ސްޓާފުންނަށް ހާއްސަކޮށްގެން ހިންގި ޓްރެއިނިންތަކުގެ ތެރޭގައި ފަސްޓް އެއިޑް އާއި، ފަޔަރ އެވެއާނަސް އާއި ފޯނުން މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ޓީމު ބިލްޑިން އަދި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ބެހޭ ޓްރެއިނިންތައް ހިމެނެއެވެ.




advertisment

