Support Us

އެސްޓީއޯގެ "ސަޅިއޭ މަކީޓާ"ގެ ނަސީބުވެރިޔަކަށް ބައި ލައްކަ ރުފިޔާ!

ނަސީބުވެރިއަކަށް ބައިލައްކަ ރުފިޔާ ލިބޭ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިޔުޝަން އިން މިއަދު ފަށައިފިއެވެ.

މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 1،000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ދޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ވެސް ދޭނެއެވެ. އަދި ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން އަށަކާއި 50 ޕަސަންޓާ ދެމެދުގެ އަދަދުތަކުން ޑިސްކައުންޓްވެސް ލިބޭނެއެވެ.

އެސް.ޓީ.އޯ އިން ބުނީ އަންނަ މަހު 20ގައި މި ޕްރޮމޯޝަން ނިމޭތާ ހަފުތާއެއްގެ ތެރޭގައި ގުރުއަތުލުން ބާއްވައި ނަސީބުވެރިޔާ ހޮވާނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެ އަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައެވެ.

"މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިޔުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކީޓަގެ އުފެއްދުންތައް އަގުހެޔެކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ. އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރު މި ވަނީ 28 އަހަރުވެފައެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.