Support Us

ޝަރަފުވެރިކަމުގެ އިނާމު 3 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް, ހިތްވަރު ދިނުމުގެ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏އެވެ.

މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 

1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ޢާމިރު އަޙްމަދު، ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ

2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ

3- ޞިއްޙީ ދާއިރާއިން: ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)

4- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ނަޖުމާ ޙުސައިން، ގ. ނޫރީފެހި

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 

1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ

2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ

3- ދިވެހި ތާރީޚުގެ ދާއިރާއިން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03

4- ޞިއްޙީ ދާއިރާއިން: މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702

5- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން

7- ކުޅިވަރުގެ ދާއިރާއިން: ޢާއިޝަތު ނައުރާ، ހ. ސީޓް

8- ވިޜުއަލް އާޓްސްގެ ދާއިރާއިން: އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ

މީގެ އިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް