Support Us

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ނ. ހެނބަދޫގައި ފެނަކަ ކޯޕަރޭޝަނުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

ހެނބަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދުގެ އިތުރުން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމެވެ.

ފެނަކައިން ބުނާ ގޮތުގައި މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގުނު މަޝްރޫޢެކެވެ.

"މިއީ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ފެނަކަޔާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ." ފެނަކައިން ބުނެއެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެނބަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

"މި ޕާކާއެކު އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މާޙައުލެއް ލިބިގެންދާނެއެވެ." ފެނަކައިން ބުނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *