ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ޑޮލަރު ގަންނަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ މި ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނެ ކަމަށެވެ. އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕްއިން ބަލައިލެވޭނެ ކަމަށެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ މީހުންނަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކައެވެ.
ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ މީހާގެ ބީއެމްއެލް އެކައުންޓަށެވެ. އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކައުންޓް ހުޅުވައިލެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.



advertisment

