Support Us

ބީއެމްއެލް އިސްލާމިކްގެ 10 ހައްޖު ނަސީބުވެރިން ހޮވައިފި

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހައްޖު ދަތުރު ލިބޭ 10 ނަސީބުވެރިންނަކީ:

  1. ފާތުމަތު ޖަބީން
  2. މުފީދު އަބްދުލްވައްހާބު
  3. ލުގުމާން މުހައްމަދު
  4. އަބްދުﷲ ފާލިލު
  5. އިބްރާޙިމް ނަސީރު
  6. ސުހައިލް އިބްރާހިމް
  7. ސުއައިދު މުހައްމަދު
  8. ސަދަގާތު އަބްދުﷲ
  9. ޝިނާން އަބްދުﷲ
  10. އަހުމަދު ނިޝާދު