އެނގޭހޭ، އޭ މަގޭ ދަރިޔާ، ޙަޔާތީ މޮޅުވި ޖައުހަރެކޭ
ހިނގާ މަގު ދުނިޔެއަށް ބެލުމުން އެ ކަން ސާބިތުވެދޭ ނޫންހޭ؟
ޙަޔާތުން ފަރުދަކަށް ލިބެނީ ފަށައި ނިންމާނެ ރިޙްލަތެކޭ
ޙަޔާތުގެ ދަތުރު ނިމި އެ ދަނީ ދަތުރު ފެށި މަޞްދަރަށް ނޫންހޭ؟
އެހެން ވިއްޔާ، އަހައި، ކަނުލައި! ސުވާލުން ކުޅަ ނަސޭހަތެކޭ
ބެހެން އޮޑި ދަތުރު އޮޅި ގެއްލެން ދުލެއްދޭން ހެޔޮނުވޭ ނޫންހޭ؟
ޓެހިންނާރައް ތެރިންރަޙުމަތް ހޮވާއިރު އެއީ ނިކަން ކަމެކޭ
ކެހިން މަކަރާއި ޙީލަތްތެރި ސަލާމަތްވާން ޖެހޭނޫންހޭ؟
ތިމާ ޢަމަލާ ބަހުން ދައްކާ ސުލޫކު އެއީތަ ލޯގަނޑެކޭ
ދިމާޔަށް އެންމެނަށް ފަތިފުށް ތިމާ ދައްކާނެ، އަޅެ ނޫންހޭ؟
ނިކަން ބުއްދީގެ ކަލިވަތްތައް ފުރައިލުމަކީ ޟަރޫރަތެކޭ
ރެކެން ޖާހިލުކަމުން ބޭނުންކަމަށް ވަންޏާ، ތެދެއް ނޫންހޭ؟
"ހިފައި އިޚްލާޞް އަމާނަތުގައި މިތާ އުޅުމީ ތަ، ދަތި ކަމެކޭ!"
ނިފާޤު، ފަސާދަ، ލަޢުނަތުގައި އުޅޭ މީހުން ބުނޭ ނޫންހޭ؟
ހިފައި އަޚްލާޤު ތެދުވެރިކަމު އުޅެންއުޅުމީ އެ ޙިކްމަތެކޭ
ޢަފާ ނަފުސަށް ލިބޭނެ މަގުން ދަތުރު ނިމުމީ ފައުޒު ނޫންހޭ؟


