Support Us

ކުރިޔަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަން ކަނޑައަޅުއްވައިފި

ކުރިޔަށް އޮތް ދެ އަހަރަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ކަނޑައަޅުއްވައި، އަންނަ ޖެނުއަރީ އެކަކުން ފެށިގެން އެ ކަންކަން ތަންފީޒު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ އެކްސް އެކައުންޓްގައި މިކަން ހިއްސާ ކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު މި މަހު 17ގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރެއްވުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރައްވައި ގިނަގުނަ ކަންތައްތަކެއް ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި އިޢުލާނު ކުރެއްވި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ތަންފީޒު ކުރައްވާނެ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއެކު ޑިސެންބަރު 17 ގައި ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވައި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމާ އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ 25 ޑިސެންބަރުން ފެށިގެން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *