Support Us

ދަންވަރު ރަށުތެރޭގައި އުޅޭ ބިދޭސީންނާ މެދު ފިޔަވަޅުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވައިފި

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީ އާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދުދެއްވައިފިއެވެ.

 އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ، އެ ފިޔަވަޅު އެޅުއްވުމަށް މިރެއިން ފެށިގެން މަސައްކަތް ފެއްޓެވުމަށް ދިވެހި ފުލުހުންނާ ކަމާބެހޭ އެހެން އިދާރާތަކަށް އިރުޝާދުދެއްވާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުން އައީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާއެކު ރޭ ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި މި ޝަކުވާ މީހަކު ހުށަހެޅިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *