ބީ.އެމް.އެލް އިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ޚާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފިއެވެ.
މިގޮތުން ގްރެޖުއޭޓް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން މި އަހަރު ހޮވުނު 25 އިންޓަރންސްއަށް ބޭންކުން މިއަދު މަރުހަބާ ކިޔައިފައިވާ ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.
"ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ." ބީ.އެމް.އެލް އިން ބުނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް މިއަދު ބޭއްވިއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރު ފެށި އިންޓަރންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.



advertisment

