Support Us

ސެލޫނެއް ތެރޭ ފުލުހަކަށް ހަމަލާދިން ފުލުހެއް ހައްޔަރުކޮށްފި

މާލޭގެ ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގައި ،ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގައިގެން އެތަނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ފުލުހެއް، ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ޢަލީ މަނިކު، 43، އަސަރީވިލާ، ސ. ހިތަދޫ ކަމަށެވެ.

"މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް. އަދި މި މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވިފައި. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން އަދި އެ މައްސަލައާ ގުޅިގެން އިދާރީ ގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުން،" ފުލުހުންގެ ބަޔާނެއްގައި ބުންޏެވެ.

މާރާމާރީގެ މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *