Support Us

މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓުގެ ވިއުގައިގެ މުހިންމު މަސައްކަތެއް ކުރުމަށް ހެންވޭރާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ބައިގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ރޭ ނެރުނު ނޯޓިސްގައި، ކަރަންޓު ކެނޑޭނީ މާލޭގެ އެންމެ ބޮޑު ދެ އަވަށުގެ ކޮންކޮން ސަރަހައްދުތަކަކުން ކަމެއް ބުނެފައެއް ނެތެވެ. ބުނީ ކަރަންޓުގެ ވިއުގައިގެ "ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި" މިއަދު ހެނދުނު ހަޔަކުން 6.30 އަށް ހެންވޭރާއި މާފަންނުން "ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.

އަދި އެ ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.